މޯލްޑިވްސް ޕޮލިސް ސާވިސް

ދިއްފުށި ޕޮލިސް ޕޯސްޓް ހުޅުވައިފި

ކ. ދިއްފުށީގައި ގާއިމުކުރި ޕޮލިސް ޕޯސްޓް ހުޅުވައި ފުލުހުން އެ ރަށުގައި ގާއިމުވެ ތިބެ ޚިދުމަތް ދޭން ފަށައިފި އެވެ.

ދިއްފުށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށު ޕޮލިސް ޕޯސްޓް ހުޅުއްވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ދިއްފުށި ކައުންސިލްގެ ރައީސް އިބްރާހީމް ސުނިލް އެވެ.

ދިއްފުށި ޕޮލިސް ޕޯސްޓު ހުޅުއްވުމުގެ ގޮތުން އެތަނުގައި ގައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލް ރައީސް ސުނިލް އެވެ. ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނާ ޝުޖާއު އެވެ.

ޕޮލިސް ޕޯސްޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން ދިއްފުށި ކައުންސިލާއި މުއްސަސާތަކުގެ މުވައްޒަފުންނާއި އާންމު ބައެއް ރައްޔިތުންވެސް ބައިވެރިވި އެވެ.