މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހަކަށް އަނިޔާކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

Jul 18, 2022

ކ. ދިއްފުށީގައި ފުލުހަކަށް އަނިޔާކުރުމުގެ ތުހުމަތުގައި މީހަކު ހައްުޔަރުކޮށްފި އެވެ.

މިމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރެހެނެކެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަސް ވަނީ ޖަހައިދީފަ އެވެ.

މި މީހާ ހައްޔަރުކުރީ ދިއްފުށީގައި ބަޔަކު ނިކުމެ މީހަކަށް އަނިިޔާކުރަމުން ދަނިކޮށް އެކަން ހުއްޓުވަން މަސައްކަތް ކުރި ފުލުހުން މީހާއާ މާރާމާރީ ހިންގާ އަނިޔާ ދިން ކަމުގެ ތުހުމަތުގަ އެވެ.

ދިއްފުށީގައި އާންމު މީހަކަށް އަނިޔާ ކުރީ އެ މީހާ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް މި ތުހުމަތާ ގުޅިގެން އެ މީހާ އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ.

އަނިޔާ ލިބުނު މީހާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އޭނާގެ ލޮލާއި މޫނާއި އަދި ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާ ދީފައިވެ އެވެ.

އަނިޔާ ލިބުނު މީހާ ބުނީ އޭނާއަށް އަނިޔާކުރިއިރު ފުލުހުންވެސް އެތާ ތިބޭ އޭނާ އަށް އަނިޔާކޮށްފައިވާ ކަމަށެވެ.