މުހައްމަދު އިބްތިހާލް

އިބްތިހާލުގެ ދޮންކާފައަށް ފާނަބަސަންދު ޖެހިގެން ޝަރީއަތް ކެންސަލް

އިބްތިހާލް މަރާލީ އަނިޔާވެރި ގޮތަކަށް
0%
0%
0%

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު، މުހައްމަދު އިބުތިހާލަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ އިބްތިހާލުގެ ދޮންކާފަގެ އިސްމާއިލް ރައޫފްގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

އަޑުއެހުން ކެންސަލްކޮށްފައިވަނީ ރައޫފަށް ފާނަބަސަންދު ޖެހިފައިވާތީ ޝަރީއަތަށް ހާޒިރު ކުރެވެން ނެތިގެނެވެ.

އިބްތިހާލްގެ މަންމަ، އާފިޔާ މުހައްމަދުމަނިކުގެ ދޮންބައްޕަ މ. ދިއްގަރު / ބަށިމާގެ، އިސްމާއީލް ރައޫފް ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް އެއްވަނަ ދުވަހުއެވެ.

ރައޫފް ހައްޔަރު ކޮށްފައިވަނީ އިބުތިހާލް އަށް ޖިސްމާނީ ގޮތުން އަދި ޖިންސީގޮތުން ގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ރައޫފްގެ ފަރާތުން އިބްތިހާލުގެ މަންމަ އާފިޔާއަށް ގޯނާތަކެއް ކުރިމަތިވެފައި ވާކަން ތަހުގީގަށް ހާމަވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ރައޫފްގެ މައްޗަށް ދައުވާކޮށްފައިވަނީ އަމިއްލަ ދަރިއަކަށާއި ދޮންދަރިއަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައެވެ.

ރައޫފް އަކީ މީގެކުރިން ވެސް އޭނާގެ ދޮންދަރިއަކަށް އަނިޔާކުރި މައްސަލައަކާއި ގުޅިގެން ވ. ކެޔޮދޫ ކޯޓުން ހަތަރު މަސް ދުވަހުގެ މުއްދަތަށް އަރުވާލުމަށް ހުކުމްކޮށް އެ ހުކުމް ތަންފީޒު ކޮށްފައިވާ މީހެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345