އާމިރު ޚާން

އާމިރު ޚާން ދިން ނަސޭހަތް ރަންބީރު އަޑެއް ނޭހި

ރަންބީރު ކަޕޫރު މިހާރު އުޅެނީ "ޝަމްޝޭރާ"ގެ ޕްރޮމޯޝަންގެ މަސައްކަތުގަ އެވެ. ވާނީ ކަޕޫރާއި ސަންޖޭ ދަތާ އެކު އޭނާ ކުޅެފައިވާ މި ފިލްމު ޕްރޮމޯޓްކުރުމުގެ ގޮތުން ދިން އިންޓަވިއު އެއްގައި ރަންބީރު ބުނި ގޮތުގައި އޭނާ ބޮލީވުޑަށް ނުކުންނަން އުޅުނުއިރު އާމިރު ޚާން ވަރަށް ނަސޭހަތް ދިން ކަމަށާއި އެކަމަކު އެ ނަސޭހަތް އޭނާ ގަބޫލު ނުކުރިކަމަށެވެ.

"އާމިރު ބުނި ފުރަތަމަ ފިލްމު ކުޅުމުގެ ކުރިން އިންޑިޔާގެ ކަންކޮޅުތަކަށް ދަތުރުކުރާށޭ. އޭރު އަހަންނަށް ވާނީ 13-14 ވަރަކަށް އަހަރު. ޕަބްލިކް ޓްރާންސްޕޯޓްގައި ދަތުރު ކުރާށޭ ވެސް ބުނި. ކުދި އަވަށްތަކަށް ގޮސް ގައުމުގެ ސަގާފަތާއި އާދަ ކާދަ ދަސްކުރަން ވެސް ބުނި. ނަމަވެސް އޭރު ޅަ ކަމުން އަހަރެން އޭނާ ދެއްކި އެއްވެސް ވާހަކަ އެއް އަޑެއް ނާހަން. އަހަރެން އޭރު ހިތަށް އެރި މީނަ ކީކޭ ބާއޭ މި ކިޔަނީ،" ރަންބީރު ބުންޏެވެ.

އޭރު އާމިރު ދިނީ ރަނގަޅު ނަސޭހަތްތަކެއްކަން މިހާރު ރަންބީރު ގަބޫލު ކުރެ އެވެ.

ކަރަން މަލްހޯތުރާ ޑައިރެކްޓްކޮށްފައިވާ "ޝަމްޝޭރާ" ރިލީޒްކުރަން ހަމަޖެހިފައިވަނީ މި ހިނގާ ޖުލައި މަހުގެ 22 ވާ ހުކުރު ދުވަހު އެވެ.