ބޮލީވުޑް

އާމިރް "ސަންޖޫ" ނުކުޅުނީ މިހިންވެ

އާމިރް ޚާން އާއި ރަންބީރު ކަޕޫރު
100%
0%
0%

ސުޕަސްޓާ އާމިރް ޚާނަކީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ލަކީ މެސްކޮޓޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ހިރާނީ ޑައިރެކްޓްކުރި އެންމެ ކާމިޔާބު ދެ ފިލްމު ކަމަށްވާ "3 އިޑިއަޓްސް" އާއި "ޕީކޭ" ގެ ލީޑްރޯލު ކުޅެފައިވަނީ އާމިރް އެވެ.

"ޕީކޭ" އަށް ފަހު ހިރާނީ އުފެއްދި ފިލްމަކީ އަންނަ މަހު ސިނަމާތަކުގައި ދައްކަން ފަށާ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފެއްދި ފިލްމު "ސަންޖޫ" އެވެ.

ރަންބީރު ސަންޖޭގެ ރޯލުން ފެނިގެންދާ މި ފިލްމުގައި އޭނާގެ ބައްޕަ ސުނިލް ދަތުގެ ރޯލު ކުޅެން އެންމެ ފުރަތަމަ ހުށަހެޅީ އާމިރަށެވެ. ނަމަވެސް އޭނާ ވަނީ މި ފިލްމު ނުކުޅެ ދޫކޮށްލާފަ އެވެ.

ސުނިލްގެ ރޯލު ހިރާނީ ހުށަހެޅި ނަމަވެސް އެ ރޯލު ދޫކޮށްލި ސަބަބު އާމިރް ވަނީ އިއްޔެ ހާމަކޮށްފަ އެވެ. ފިލްމުގެ ސްކްރިޕްޓް ކިޔާފައި އޭނާ ބޭނުންވީ ހަމައެކަނި ސަންޖޭގެ ރޯލު ކުޅޭށެވެ. އާމިރް ވަނީ އެހާވެސް އެ ރޯލު ފުރިހަމަ ކަމަށް ބުނެފަ އެވެ.

"އަހަރެން ހިރާނީ ކައިރި ބުނިން ސަންޖޭގެ ރޯ ހާދަ ފުރިހަމަ އޭ، އެ ނޫން ރޯލެއް ނުކުޅޭނަމޭ. އެކަމަކު ރަންބީރު އެ ރޯލު ކުޅޭތީ އަހަރެން ދެން ބޭނުންނުވީ އެހެން ރޯލެއް ކުޅެން،" އާމިރް ބުނެފަ އެވެ.

އާމިރް އެ ރޯލު ދޫކޮށްލުމުން ކުޅެފައިވަނީ ޕަރޭޝް ރާވަލް އެވެ. އަދި ސަންޖޭގެ މަންމަ ނަރްގިސްގެ ރޯލު ކުޅެފައިވަނީ މަނީޝާ ކޮއިރަލާ އެވެ.

އަންނަ މަހުގެ 29 ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމުގައި ސަންޖޭ ޒުވާން ދުވަސްވަރުން ފެށިގެން މަޝްހޫރު އެކްޓަރަކަށްވެ އަދި މަނާ ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ޖަލަށްލައި މިނިވަންވި ހިސާބަށް އޭނާގެ ހަޔާތަށް އައި ހުރިހައި އަޑިގުޑަންތައް ފެނިގެންދާނެ އެވެ.

ރަންބީރާ އެކު ސަންޖޭގެ މިހާރުގެ އަންހެނުންގެ ރޯލުން ދީއާ މިރްޒާ ފެނިގެންދާނެ އެވެ. އަދި އިތުރު ރޯލުތަކުން އަނުޝްކާ ޝަރްމާ އާއި ސޯނަމް ކަޕޫރު ވެސް ފެނިގެންދާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345