އެމްޑީޕީ

އެމްޑީޕީ ކޮންގްރެސް: އެހީތެރިން ހޯދަނީ

މޯލްވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސްގައި އެހީތެރިވެދޭން ބޭނުންވާ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ޕާޓީން ބުނީ ކޮންގްރެސްގައި އެހީތެރި ވެދޭން ބޭނުންވާ މެންބަރުންނަށް މިއަދުން ފެށިގެން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ މެންބަރުން އެކަމަށް އެދި ހުށައެޅުމަށެވެ. އެކަމަށް އެދި ހުށައެޅުމަށް ހާއްސަ ގޫގްލް ފޯމް އެއް އެމްޑީޕީން ވަނީ ތައާރަފު ކޮށްފައެވެ.

އެމްޑީޕީގެ ކޮންގްރެސް އޮތީ އަންނަ މަހުގެ 19 އިން 21 އަށެވެ.