ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޖޯ ބައިޑަން

އެމެރިކާގެ ރައީސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އެމެރިކާގެ ރައީސް ޖޯ ބައިޑަން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ވައިޓްހައުސްއިން އެކަން ވަނީ ޔަގީން ކޮށްދީފައެވެ.

އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން ރައީސް ބައިޑަން މިވަގުތު ހުންނެވީ އެކަހެރިވެވަޑައިގެންނެވެ. ކޮވިޑަށް ޕޮޒިޓިވްވީ ނަމަވެސް ބަލީގެ އަލާމަތްތައް ފެންނަނީ ކުޑަކޮށް ކަމަަަށް ވެސް ވިދާޅުވިއެވެ.

ނައިބު ރައީސް ކަމާލާ ހެރީސް އާއި ފަސްޓް ލޭޑީ ޖިލް ބައިޑަން ކޮވިޑަށް ނެގެޓިވް އެވެ. ބައިޑަން އަކީ ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރައްވާ ބޫސްޓާ ދެ ޑޯޒް ވެސް ޖައްސަވާފައިވާ ބޭފުޅެކެވެ.