މަރު

ދުނބުރި ހަސަން މަނިކު އަވަހާރަވެއްޖެ

ވިޔަފާރިވެރިޔާ ހަސަން މަނިކު (ދުނބުރި ހަސަންމަނިކު) އަވަހާރަވެއްޖެ އެވެ.

ހަސަން މަނިކު އަވަހާރަވީ މިރޭ އޭޑީކޭ ހޮސްޕިޓަލްގައެވެ. އަވަހާރަވީއިރު އުމުރަކީ 80 އަހަރެވެ. ހަސަން ފާހަގަ ކުރެވުނީ ރާއްޖޭގައި ބޭކަރީގެ ހިދުމަތް ވަރަށް ފުޅާ ދާއިރާއެއްގައި ވަރަށް ފެންވަރު ރަނގަޅުކޮށް ކުރެއްވި ބޭފުޅެކެވެ.

މަޝްހޫރު އެލްސިއޯން ބޭކަރީއަކީ ހަސަންމަނިކުގެ ވިޔަފާރިއެކެވެ.

އިގްތިސާދީ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން 1981 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަަޑައިގެންފައިވެއެވެ.

މާފަންނު ދުނބުރި މިސްކިތަކީ ހަސަންމަނިކުގެ ހަރަދުގައި އަަޅުއްވާފައިވާ އަދި މިހާރުވެސް އޭނާ ބަލަހައްޓަވަމުން ގެންދަވާ މިސްކިތެކެވެ. ހަސަން މަނިކުގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މާދަމާގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.