ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ސީޝެލްސްއަށް ވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސްއަށް ވަޑައިގަތުމަަށް ނިންމަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މިއަދުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ސީޝެލްސްއަށް ވަޑައިގަތުމަަށް ހަމަޖެހިފައިވާ ކަމަށެވެ. މި ދަތުރުފުޅުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާއަށް ޒިޔާރަތް ކުރައްވާނެ އެވެ. އަދި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްއާ ބައްދަލު ކުރައްވާނެ އެވެ.

ރައީސް ނަޝީދުގެ މި ދަތުުރުފުޅަކީ ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދަައުވަތަކަށް ކުރައްވާ ދަތުުރުފުޅެކެވެ.