ޓީއެމްއޭ

ޓީއެމްއޭ ގަންނާނެ ބަޔަކު ހޯދަނީ

Jul 23, 2022

ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް ހިންގާ ޓީއެމްއޭ ވިއްކާލުމުގެ މަސައްކަތް ފަށައިފި އެވެ.

ދުނިޔޭގެ ވިޔަފާރީގެ ހަބަރުތައް ގެނެސްދޭ މަޝްހޫރޫ ނޫސް -- ބުލޫމްބާގްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޓީއެމްއޭގެ މެޖޯރިޓީ ހިއްސާދާރު ކަމަށްވާ ކާލައިލް ގުރޫޕުން ގެންދަނީ 700 މިލިއަން ޑޮލަރަށް ކުންފުނި ވިއްކާލުމުގެ މަސައްކަތް ކުރަމުންނެވެ.

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ކާލައިލް އިން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ގަތީ ޓީއެމްއޭ އިން ނަގާފައިވާ 4.7 ބިލިއަން ރުފިޔާގެ ލޯނުތައް ދެއްކުމަށް ކޮވިޑްގެ ތެރޭގައި ދަތިތަކެއް ދިމާވުމުން ލޯންތައް ދެއްކުމަށް ބަދަލުތަކެއް ގެނައުމަށްފަހު މިދިޔަ އަހަރު އެވެ.

ކާލައިލް އިން ޓީއެމްއޭ ވިއްކާލުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް އެ ކުންފުނިން މަޝްވަރާކުރަމުންދާ އިންވެސްޓަރުންގެ މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެ އެވެ.

ޓީއެމްއޭގެ މެޖޯރިޓީ ހިއްސާދާރުންގެ ތެރޭގައި ޑޭވިޑްސަން ކެމްޕްނާ ކެޕިޓަލް މެނޭޖްމަންޓާއި ކިންގް ސްޓްރީޓް ކެޕިޓަލް މެނޭޖްމަންޓް ވެސް ހިމެނެ އެވެ.

ރާއްޖޭގެ 80 އަށް ވުރެ ގިނަ ރިސޯޓަށް ދަތުރުކުރާ ޓީއެމްއޭގެ ފްލީޓްގައި 56 ބޯޓު ހިމެނެ އެވެ.