ޓީއެމްއޭ

ޓީއެމްއޭއަށް އާ ބޯޓެއް ގެނެސްފި

Apr 2, 2023
1

ޓްރާންސް މޯލްޑިވިއަން އެއާވޭސް -- ޓީއެމްއޭގެ ފްލީޓް އިތުރަށް ފުޅާކުރުމަށް އާ ބޯޓެއް ގެނެސްފި އެވެ.

ޓީއެމްއޭ އިން އެންމެ ފަހުން ގެނެސްފައިވަނީ ޑީއެޗްސީ-6 ޓުވިން އޮޓާ މަރުކާގެ ބޯޓެކެވެ. މިވައްތަރުގެ ބޯޓުތައް ޓީއެމްއޭގެ ފްލީޓްގައި މިހާރުވެސް ހިމެނެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު -- ޓީއެމްއޭގެ ފްލީޓަށް އަލަށް އިތުރުކުރެވުނު ބޯޓާ އެކު މިހާރު 62 ބޯޓު އެބައޮތެވެ.

ޓީއެމްއޭ އިން އާ ބޯޓެއް ގެނެސްފައި މިވަނީ ރާއްޖޭގެ އާ ރިސޯޓުތައް ހުޅުވި އަދި ފަތުރުވެރިން އަންނަ އަދަދުވެސް އަހަރުން އަހަރަށް އިތުރުވާތީ ހިދުމަތް ދިނުމަށް ފަސޭހަކޮށްދިނުމަށެވެ.

ރާއްޖޭގެ 80 އަށް ވުރެ ގިނަ ރިސޯޓަށް ދަތުރުކުރާ އެއާލައިން -- ޓީއެމްއޭގެ ހިދުމަތް ރާއްޖޭގައި ފަށާފައިވަނީ 1993 ވަނަ އަހަރު އެވެ.