ހަބަރު

ޓީއެމްއޭގެ 56 ވަނަ ބޯޓު މިއަދު ރާއްޖެއަށް ގެނެސްފި

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ފްލީޓަށް އިތުރު ބޯޓެއް ގެނެސްފި އެވެ.

ޓިއެމްއޭގެ ފްލީޓަށް މިއަދު އާ ބޯޓެއް ގެނެސްފައިވާއިރު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް އެ ކުންފުނީގެ ފްލީޓަށް އެއްފަހަރާ ދެ ބޯޓު ގަނަ އެވެ. އިތުރު ބޯޓެއް މިއަދު ގެނައުމުން ޓީއެމްއޭގައި ބޭނުންކުރާ ސީޕްލޭންގެ އަދަދު 56 އަކަށް އެރީ އެވެ.

ރާއްޖޭގެ 60 އަށް ވުރެ ގިނަ ރިސޯޓަށް ޓީއެމްއޭގެ ސީޕްލޭންތަކުގައި ޓޫރިސްޓުން އުފުލަ އެވެ. ޓީއެމްއޭއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ސީޕްލޭން އޮޕަރޭޓަރެވެ.

ޓީއެމްއޭގެ އިތުރުން ރާއްޖޭގައި މަންތާ އެއާ އާއި ގައުމީ އެއާލައިނުންވެސް ސީޕްލޭންގެ ހިދުމަތް ދެ އެވެ.