ވެމްކޯ

ކުނި އުކާލުމަށް ރަޖިސްޓްރީކުރަން ލުއި ގޮތެއް

Jul 25, 2022

ވެމްކޯގައި ފަސޭހައިން ރަޖިސްޓްރީ ކުރެވޭނެ ގޮތް ހެދުމުގެ ގޮތުން "ޑޯ ސްޓެޕް ޕްލަސް"ގެ ނަމުގައި އާ ހިދުމަތެއް ތައާރަފްކޮށްފި އެވެ.

ކުނި އުކާލުމުގެ ހިދުމަތް ހޯދުމަށް ރަޖިސްޓްރީ ކުރުން ފަސޭހަކޮށްދިނުމުގެ ތައާރަފް ކުރި މި ހިދުމަތަށް ވެމްކޯގެ ވެބްސައިޓުން އެދެވޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.

މި ހިދުމަތް ހޯދުމަށް ޑިޕޮސިޓެއް ދައްކަންޖެހެ އެވެ. އެގޮތުން އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ތިން މަސް ދުވަހުގެ ކުނި އުކާލުމުގެ ހިދުމަތުގެ ފީ ދައްކަން ޖެހެ އެވެ. އިދާރީ ފީއެއްގެ ގޮތުގައި 50 ރުފިޔާ ނެގުމަށްވެސް ނިންމާފައިވެ އެވެ.

ވެމްކޯ އިން ބުނީ ޑޯ ސްޓެޕް ޕްލަސްގެ ނަމުގައި އާ ހިދުމަތެއް ތައާރަފް ކުރީ ކުނި އުކާލުމުގެ ހިދުމަތާ ގުޅޭގޮތުން މިދިޔަ އަހަރު އެކުލަވާލި އުސޫލުގެ ސަބަބުން ހިދުމަތް ހޯދުމަށް ރަޖިސްޓްރީކުރަން އިމާރާތުގެ ވެރިފަރާތުން އެއްބާރުލުން ނުދިނުމާއި އިމާރާތުގެ ވެރިފަރާތް ރަށުން ބޭރުގައި އުޅުމުގެ ސަބަބުން ބައެއް ގޭބިސީތަކަށް ރަޖިސްޓްރީވުމަށް ދަތިތަކެއް ކުރިމަތިވެ ލިބެމުންދާ ޝަކުވާއަށް ހައްލެއް ހޯދުމަށް ކަމަށެވެ.

ވެމްކޯ އިން މިދިޔަ އެކުލަވާލި އުސޫލުގައިވާ ގޮތުން ކުނި އުކާލުމުގެ ހިދުމަތަށް ގޭބިސީތަކަށް ރަޖިސްޓްރީ ކުރެވޭނީ އިމާރާތެއްގެ ވެރިފަރާތުގެ ނަމުގަ އެވެ.