މޯލްޑިވްސް ޕޮލިސް ސާވިސް

މާލޭގައި މާދަމާ ރޭ ހަވާ އަރުވަނީ

Jul 25, 2022
2

މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި ހަވާ އަރުވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 9:00 ޖަހާއިރު ޖުމްހޫރީ މައިދާން ސަރަހައްދުގައި ކަމަށެވެ.

ހަވާ އެރުވުން އިންތިޒާމު ކުރަނީ ކޮން އިދާރާއަކުންތޯ އެހުމުން ފުލުހުން އެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތު ވެސް ބޭއްވުމަށް ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު 6:00 ޖަހާއިރު ޖުމްހޫރީ މައިދާނުގަ އެވެ.

މިނިވަން ދުވަހާ ގުޅިގެން ބާއްވާ ހާއްސަ ޕެރޭޑް މާލޭގެ ބައެއް މަގުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މާދަމާ ހަވީރު 4:30 ގައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ދިދަ ނެގުމާއި ޕެރޭޑާ އަދި ހަވާއެރުމުގެ ރަސްމިއްޔާތަށް ވަކި ވަގުތުތަކަކަށް މާލޭގެ މަގުތައް ބަންދުކުރުމަށް ފުލުހުން ވަނީ ނިންމާފަ އެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މިއަހަރު މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ނުބޭއްވުމަށާއި ފުޅަނދު ބުރު ކުރިއަށް ނުގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.