ހަބަރު

މިނިވަން ދުވަހު މާލެ ޓްރެފިކަށް ބަދަލުތަކެއް

މިނިވަންދުވަހުގެ ހަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކަށް ބަދަލުތަކެއް ގެންނަން ފުލުހުން ނިންމައިފިއެވެ.

ފުލުހުން މިއަދު ބުނީ މިމަހުގެ 25 ވަނަ ދުވަހު ބާއްވާ މިނިވަންދުވަހުގެ ހާއްސަ ބައްދަލުުވުމާ ދިމާކޮށް ދަރުބާރުގެ ހިމެނޭ ސަރަހައްދުގެ ބައެއް މަގުތައް ބަންދު ކުރާނެ ކަމަށެވެ. އަދި އެ ސަރަހައްދުގެ ޕާކިން ޒޯނުގައި ހުރި ވެހިކަލްތައް ޖުލައި 25ގެ ހެނދުނު އަށެއްގެ ކުރިން ނެގުމަށް ވަނީ އެދިފަ އެވެ.

ޓްރެފިކަށް ގެންނަ ބަދަލުތަކުގެ ތެރޭގައި، ދަރުބާރުގެ އާއި ކުޑަކުދިންގެ ބަގީޗާ އާއި ދެމެދު އޮންނަ މަގު ބަންދު ކުރެ އެވެ. ކުޑަކުދިންގެ ބަގީޗާ އާއި ކަލާފާނު ސްކޫލާ ދެމެދު އަމީނީ މަގުވެސް ބަންދުކޮށް ޕާކިން ޒޯނު ހުސްކުރަންވެސް ވަނީ އަންގާފަ އެވެ.

އިތުރަށް، ކުޅިވަރުތައް ގެންދާ ގެންދާ ގަލޮޅު ބޯޅަދަނޑުގެ ވަށައިގެންވާ ޕާކިން ޒޯނުތައް ހުސްކޮށް ވެހިކަލްތައް 24 ވަނަ ދުވަހުގެ ކުރިން ނެގުމަށް ފުލުހުން ވަނީ އަންގާފަ އެވެ.

މިނިވަން ދުވަހާ ގުޅިގެން ގެންނަ ބަދަލުތަކަށް އަމަލު ނުކުރާ ނަމަ ގަވައިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.