އިންފްލޭޝަން

ތަކެތީގެ އަގުމައްޗަށް، މުއާސަލާތީ އަގު ދަށަށް

Jul 28, 2022

ތަކެތީގެ އަގުތައް މައްޗަށް ދިޔަ ނަމަވެސް މުއާސަލާތީ ހިދުމަތުގެ އަގުތައް ދަށްވެފައިވާ ކަމަށް ދައްކައިފި އެވެ.

ގައުމީ ތަފާސް ހިސާބު ބަލަހައްޓާ ވުޒާރާއިން ނެރުނު އިންފްލޭޝަން ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އަގު ދަށްވެފައިވަނީ ހަމައެކަނި މޮބައިލް އަދި ކޮމިއުނިކޭޝަން ދާއިރާއިންނެވެ. އެ ދާއިރާ އިން 12.92 ޕަސެންޓު ވަނީ އަގުތައް ދަށްވެފަ އެވެ.

ބާޒާރުގައި މިހާރު އަގުތައް އެންމެ މަތިވެފައިވާ ކަމަށް ދައްކަނީ އެއްގަމު ދަތުރުތަކުންނެވެ. ތެލުގެ އަގު ތަކަށް އައި
ބަދަލާއެކު ޓެކްސީގެ އަގުތައް ބޮޑުކޮށްފައިވާތީ މި ބައިން އަގުތައް 10.68 ޕަސެންޓް ވަނީ އުފުލިފަ އެވެ. މިދިޔަ ޖޫން މަހު މުޅި ރާއްޖޭގެ ޓޯޓަލް އިންފްލޭޝަން ވަނީ 0.45 ޕަސެންޓު މަތީގަ އެވެ. ނަމަވެސް މި ބޮޑުވުމަކީ މެއި މަހު ހުރި 0.65 ޕަސެންޓަށްވުރެ ދަަށް އަދަދެކެވެ.

އަގުތައް އުފުލިފައިވާ ބާވަތްތަކަށް ބަލާއިރު ތެޔޮ އަދި ލުބްރިކެންޓް ހިމެނެ އެވެ. މި ބައިން 14.76 ޕަސެންޓް އުފުލިފައިވެ އެވެ.