ލައިފްސްޓައިލް

ކަރަންޓު ބިލު ބޮޑުކަމުން ޝޮކެއް ޖެހި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ކަރަންޓު ބިލު ބޮޑުކަމުން އެ ފެނިފައި ލިބުނު ޝޮކެއްގެ ސަބަބުން އިންޑިޔާ މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން އެބަ ގެންދެ އެވެ.

މަދްޔަ ޕްރަދޭޝްގެ ގްވާލިއާގައި ދިރިއުޅޭ ޕްރިޔަންކާ ގުޕްތާ ބުނި ގޮތުގައި އޭނާގެ ގެޔަށް މިދިޔަ މަހުގެ ކަރަންޓު ބިލު ލިބުނުއިރު އޭގައި އޮތް އަދަދު ބޮޑުކަމުން އޭނާގެ ބަފާބެއަށް ޝޮކެއް ޖެހި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ.

ޕްރިޔަންކާގެ ކަރަންޓު ބިލުގައި ޖަހާފައި އޮތީ 3،419 ކްރޯޑެވެ. ނަމަވެސް މިއީ އޮޅިގެން ޖެހިފައިވާ އަދަދެއް ކަމަށް އެ ސަރަހައްދުގެ ކަރަންޓާ ބެހޭ ޑިޕާޓްމަންޓުން ވަނީ އެއްބަސް ވެފަ އެވެ. އަސްލު އެ ބިލުގައި އޮންނަން ޖެހެނީ 1300 ރުޕީސް އެވެ.

އިލެކްޓްރިސިޓީ ޑިޕާޓްމަންޓުން ބުނި ގޮތުގައި އެހާ ބޮޑު އަދަދެއް ބިލުގައި ޖެހިފައިވަނީ ބިލް ހެދި މުވައްޒަފަށް ހެދުނު ގޯހަކުންނެވެ.