މިފްކޯ

ހުޅުމީދޫ މަސް ފެކްޓަރީގެ ބިންގާ އަޅައިފި

Jan 8, 2016
1

ސ. ހުޅުމީދޫގައި ހަދާ މަސްޗފެކްޓްރީގެ ބިންގާ މިއަދު އަޅައިފިއެވެ. ހުޅުމީދޫގައި އޮތް ރަސްމިއްޔާތެއްގައި ފެކްޓަރީގެ ބިންގާ އަޅުއްވައިދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީ އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުއެވެ.

ހުޅުމީދޫގައި 117 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އަޅާ ފެކްޓަރީގައި 1500 މެޓްރިކްޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 100 މެޓްރިކްޓަން ބްރައިން ފްރީޒްކުރެވެ އެވެ. އަދި 50 ޓަނުގެ އައިސް އުފެއްދޭއިރު 100 ޓަނުގެ ސްޓޯރޭޖެއްވެސް ހުންނާނެ އެވެ.

މީގެއިތުރުން 200 ޓަން ޑީސަލް ސްޓޯރޭޖާއި 250 ޓަން ވޯޓާ ސްޓޯރޭޖެއްގެ އިތުރުން މަސްވެރިންގެ މެރީނާއެއް ވެސް ތަރައްގީ ކުރެ އެވެ.

މިފްކޯއިން ބުނެފައި ވަނީ މި އަހަރުގެ އޮކްޓޫބަރާ ހަމައަށް ފެކްޓަރީ ހިދުމަތަށް ގެނެވޭނެ ކަމަށާއި މި ފެކްޓަރީގެ ދެވަނަ ފިޔަވަހީގައި ފެކްޓަރީގައި ގަނޑުކުރި ކަޅުބިލަމަސް ވެލިއު އެޑް ކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.