ކްރިމިނަލް ކޯޓް

ފުލުސް މީހާގެ ބަންދަށް 15 ދުވަސް

ސޯޝަލް މީޑިއާގައި އާންމުކުރަމުންދާ ބަރަހަނާ ވީޑިއޯތަކުގެ މައްސަލައިގައި ހައްޔަރު ކުރި ފުލުސް މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

އެ ފުލުސް މީހާއަކީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގައި މަސައްކަތް ކުރާ ފުލުހެކެވެ. އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކުގެ ތެރޭގައި އޭނާގެ ވީޑިއޯއެއްވެސް ހިމެނޭތީ ހައްޔަރު ކުރީ އިއްޔެ އެވެ.

ފުލުހުން ބުނީ އެ މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަަަށެވެ. އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރާއި ކާނަލް މުހައްމަދު ނަޝީދުގެ އިތުރުން ފުލުސް އޮފިސަރަކާއި ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހިމް ވެސް ވަނީ ހައްޔަރު ކޮށްފައެވެ. ނާޒިމްގެ ބަންދަށް ޖެހީ ހަތް ދުވަހުގެ މުއްދަތެވެ. އޭނާ ހައްޔަރު ކުރީ އއ އަތޮޅު ރިސޯޓަކުން ކަމަށް ވާތީ ބަންދަށް މުއްދަތު ޖެހީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.