މިއުޒިކް

މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ ޖަލަށް ލަނީ

ދުނިޔޭގެ މަޝްހޫރު މިއުޒިކް ސްޕަސްޓާ ޝަކިރާ އަށް އަހަރަށް ޖަލަށް ދާން ޖެހިދާނެކަމުގެ ބިރު ހީވެއްޖެ އެވެ.

ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތުގައި މިހާރު ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ޕްރޮސެކިއުޓަރުން ބުނަނީ ޝަކީރާ އަށް، ލއަށް އަހަރުގެ ޖަލު ހުކުމެއް ކުރަން އެ ފަރާތުން އެދޭނެ ކަމަށެވެ.

ޓެކްސް އަށް މަކަރު ހެދި ކަމަށް ޝަކީރާ އެއްބަހެއް ނުވެ އެވެ. އެހެންވެ ކޯޓުން ބޭރުން މައްސަލަ ހައްލުކުރަން ލިބުނު ފުރުސަތު އޭނާ ގަބޫލު ނުކުރީ އެވެ.

މައްސަލަ ކޯޓަށް ވެއްދުމުން ޝަރީއަތް ފަށާނެ ތާރީހެއް ކަނޑައަޅަން ކޯޓުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ޕްރޮސެކިއުޓަރުން ތުހުމަތުކުރާ ގޮތުގައި "ހިޕްސް ޑޯންޓް ލައި" ފަދަ މަޝްހޫރު ލަވަތައް ކިޔާފައިވާ ލަވަކިޔުންތެރިޔާ ވަނީ ސްޕޭނުގެ ޓެކްސް އޮފީހަށް އޮޅުވާލައި މަކަރު ހަދާފަ އެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި ޝަކީރާ އަށް 2012 އާއި 2014 އާ ދެމެދު 14.7 މިލިއަން ޑޮލަރު ލިބިފައި ވެއެވެ. ނަމަވެސް އޭނާ އޮޅުވާލައިގެން ޓެކްސް ދައްކާފައިވަނީ މާ މަދުންނެވެ.