އިމްރާން އަބްދުﷲ

ވާހަކަ ދައްކާއިރު ދީނީ ހަމަތަަކަށް ރައްކާތެރިވާން ޖެހޭ: އިމްރާން

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ --
0%
0%
100%

ސިޔާސީ ވިސްނުމުގައި ކިތަންމެ ހިޔާލު ތަފާތުވީ ނަމަވެސް ވާހަކަ ދައްކަންވާނީ ދީނީ ހަމަތަކަށް ރައްކާތެރިވެގެން ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިފަދަ ވާހަކައެއް ވިދާޅުވެ ޓްވީޓް ކުރައްވާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯ ގަނޑު އެމަނިކުފާނުގެ އަތްޕުޅުގައި އެބަ އޮތް ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑު ތުހުމަތުތަކެއް ފެންމަތި ކުރައްވާފައި ވަނިކޮށެވެ.

އިމްރާން ވިދާޅުވީ ސިޔާސީ ވިސްނުމާއި މަސައްކަތުގައި ކިތަންމެ ހިޔާލު ތަފާތުވިޔަސް ދީނީ ގޮތުންނާއި ދުނިޔެވީ ގޮތުން ހިފަހައްޓަން ޖެހޭ ހަމަތަކާއި އަހުލާގިއްޔަތަށް ރައްކާތެރިވުމަށް ހުރިހާ ސިޔާސީ ލީޑަރުން ވިސްނަވަން ޖެހޭ ކަމަށެވެ.

އިމްރާން މިހެން ވިދާޅުވިއިރު އާންމުންގެ ގިނަ ބަޔަކު ދެކޭ ގޮތުގައި އޭނާއަކީ ސިޔާސީ ބޭފުޅުންނާއި ގުޅޭގޮތުން މި ފަހުން ސާބިތު ނުހިފޭ ވާހަކަތައް އެންމެ ގިނައިން ދެއްކެވި ލީޑަރެވެ. އަދި ދީނީ އިލްމުވެރިއަކަށް ހުންނަވާ އެފަދަ ވާހަކަތައް ދައްކަވާތީ އާންމުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް އޭނާ އާއި އަދާލަތަށް އޮވެއެވެ.

އިމްރާން ވަނީ ރައީސް ނަޝީދާއި ގުޅޭގޮތުން ސާބިތުކޮށް ދެވިފައިނުވާ އެތައް ވާހަކަތަކެއް ދައްކަވާފައެވެ. މެއި 1، 2015 ގައި ބޭއްވި މޭޑޭގެ ބޮޑު މުޒާހަރާގައި މަރުތަކުގެ ތުހުމަތު ރައީސް ޔާމީނަށް ކުރައްވާ ވާހަކަ ދެއްކެވިއެވެ. އެކަމުގެ ސާފު ހެކި އެބަހުރި ކަމަށް ވިދާޅުވެ އެއްވެފައިވާ އެތައް ހާސް ބަޔަކަށް އޮޅުވާލެއްވުމަށް ނޫސް ކަރުދާސްތަކެއް ދެއްކެވިއެވެ. އަދި އޭރުގެ ސިޔާސީ ލީޑަރުންނާއި ގުޅޭގޮތުން އަސާސެއް ނެތް އެތައް ވާހަކަތަކެއް ދައްކަވާ އާންމުން ރުޅި އަރުވާލި އެވެ.

އިމްރާނަކީ އަދާލަތަށް ތާއީދު ހޯދުމަށާއި އޭނާގެ ސިޔާސީ ކުރިމަގަށްޓަކައި ދީނީ އިލްމުވެރިންނަށްވެސް ނުބައި ތަސައްވުރެއް ދައްކައިގެން އިލްމުވެރީންގެ ތާއީދު ހޯދުމަށްވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ނަމަވެސް އިމްރާންގެ ހަގީގަތް ހާމަވެ ވަރަށް ގިނަ އިލްމުވެރީން ވަނީ އޭނާއާ ދުރަށް ވަޑައިގެންފައެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އެމްސް

ޢިމްރާން އެވެ! ފެބްރުއަރީ 7 އަށް އަދި މާ ދުވަހެއް ނުވެއެވެ!

ނަފީ

މި މާ ދީންވެރިވެގެން އުޅޭ މީހަކީމުތަ؟ ދެއަނގައިން ވާހަކަ ދައްކާ ބޮޑު ބިޔަ ދޮގުވެރިއް

އަވަސްހިނި

މަޑުކޮށްލައްވާ އަދި ތިބޭފުޅާވެސް ނުވޭ ވާހަކަދައްކަވާކަށް. މަޤާމުގައި ބަގުޑިބައްދައިގެން ހުންނަވާ. އެެހެންނޫނީ ތިޔަ އިއްޒަތްތެރި މަޤާމުފުޅު ގެއްލިދާނެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345