ކްރިމިނަލް ކޯޓް

ނޫސްވެރިޔާ ނަސީރުގެ ބަންދަށް 10 ދުވަސް

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތަހުގީގަށް ހައްޔަރު ކޮށްފައިވާ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހިމްގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

ނަސީރު ހައްޔަރު ކުރީ އިއްޔެ މެންދުުރު ފަހު އެވެ. ފުލުހުން ބުނީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތަހުގީގަށް 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.

ފުލުހުން ބުނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ.

ނަސީރުއާ އެހެން މީހަކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި ދެން ފެންނަނީވެސް ކުރީން ނޫސްވެރިއަކަަށް އުޅުނު މީހެކެވެ.

ނަސީރުއާ އެހެން މީހަކު ޖިންސީ ގުޅުން ހިންގާ ވީޑިއޯއެެއް އާންމުވީ ބަންގަލްދޭޝްގެ އުމުރުން 25 އަހަރުގެ އެމްޑީ އަލަމްގިރި ނަމަކަށް ކިޔާ ޒުވާން ފިރިހެނަކާއެކު ދިވެހީންގެ ބަޔަކު ޖިންސީ ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވެފައި ވަނިކޮށެވެ.

މި މައްސަލައިގެ ތުހުމަތުގައި ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރާއި ކާނަލް މުހައްމަދު ނަޝީދުގެ އިތުރުން ފުލުސް އޮފިސަރަކުވެސް ވަނީ ހައްޔަރު ކޮށްފައެވެ. ނާޒިމްގެ ބަންދަށް ޖެހީ ހަތް ދުވަހުގެ މުއްދަތެވެ. އޭނާ ހައްޔަރު ކުރީ އއ އަތޮޅު ރިސޯޓަކުން ކަމަށް ވާތީ ބަންދަށް މުއްދަތު ޖެހީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.