އެމްޓީސީސީ

އެމްޓީސީސީގެ ފައިދާ ދެވަނަ ކުއާޓަރުގައި 66 މިލިއަން ރުފިޔާ

Jul 31, 2022

ސަރުކާރުގެ އެންމެ ގިނަ މަޝްހޫރު ހިންގާ އެމްޓީސީސީއަށް ނިމިދިޔަ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 66 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެމްޓީސީސީގެ މާލީ ރިޕޯޓް ދައްކާ ގޮތުން ފުރަތަމަ ކުއާޓަރުގައި 64 މިލިއަން ރުފިޔާ ލިބުނު ނަމަވެސް ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 66 މިލިއަން ރުފިޔާ އެވެ.

ދެވަނަ ކުއާޓަރުގައި އެމްޓީސީސީ އަށް 593 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ. ނަމަވެސް ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 550 މިލިއަން ރުފިޔާ އެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރީގައި ދެވަނަ ކުއާޓަރުގައި 77 މިލިއަން ރުފިޔާ ލިބުނު ނަމަވެސް ފުރަތަމަ ކުއާޓަރުގައި ލިބުނީ 64 މިލިއަން ރުފިޔާ އެވެ.