އައި ކެއާ

އައިކެއާ އިން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް އޮގަސްޓް ހަޔަކާ ހަމައަށް އިތުރުކޮށްފި

ސްކޫލް ޗުއްޓީއާ ދިމާކޮށް އައިކެއާ އޮޕްޓިކަލްސް އިން ފެށި ހާއްސަ ޕްރޮމޯޝަން އޮގަސްޓް ހަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އައިކެއާ އިން ބުނީ ސްކޫލް ޗުއްޓީއަށް އައިކެއާ އޮޕްޓިކަލްސްއިން ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމި ނިންމުން ބަދަލުކޮށް އޮގަސްޓް ހަ ވަނަ ދުވަހުގެ ނިޔަލަށް ޕްރޮމޯޝަންގެ މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ.

އައިކެއާ އޮޕްޓިކަލްސްގެ ހުރިހާ ފިހާރައެއްގައި ވެސް މިޕްރޮމޯޝަން ކުރިއަށް ދެ އެވެ. 900 ރުފިޔާ އަށް ވުރެ މަތިން ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަންގައި ޑައިސްއެއް ރޯލުކޮށްލައިގެން އަގުހުރި އިނާމުތަކާއި އެކި ޑިސްކައުންޓްތައް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު އައިކެއަރގެ ހޮޓްލައިން 3321026 އަށް ގުޅައިގެން ހޯދޭނެ އެވެ. އަދި އައިކެއަރ އޮޕްޓިކަލްސްގައި ލިބެން ހުރި ޕްރޮޑަކްޓްތައް އައިކެއާ އަށް ޒިޔާރަތް ކޮށްގެން ބަލައިލެވޭނެ އެވެ. ޕްރޮމޯޝަންގެ މުއްދަތު ޢިތުރު ކުރީ ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އައި ކެއާ އިން ބުންޏެވެ.