އުރީދޫ

މާލެ ސަރަހައްދަށް އުރީދޫ 5ޖީ ފުޅާކޮށްފި

Aug 1, 2022
1

މާލެ ސަރަހައްދުގެ ބޮޑު ސަރަހައްދަކަށް އުރީދޫ 5ޖީ ނެޓްވޯކް ފުޅާކޮށްފި އެވެ.

އުރީދޫ 5ޖީ ނެޓްވޯކަށް ގެނެވުނު އަޕްގްރޭޑް އިއުލާނުކޮށްފައި ވަނީ އުރީދޫ އިން ރާއްޖޭގައި ހިދުމަތް ދޭތާ 17 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ މާލެ، ވިލިމާލެ ހުޅުމާލެ އެއްވަނަ ފިޔަވަހި އަދި ހުޅުލެއަށް 5ޖީގެ ހަލުވި ސްޕީޑް މިހާރު ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

އުރީދޫ އިން ތައާރަފްކޮށްފައިވާ 5ޖީގެ ހިދުމަތާއި އެކު ޔޫރަޕުގެ ގައުމުތަކާ ގުޅައިދޭ ސަބްމެރިން ކޭބަލެއް ހދ. ކުޅުދުއްފުށި ސަރަހައްދުގައި ގާއިމުކުރާނެ ކަން ވެސް ވަނީ އިއުލާނުކޮށްފަ އެވެ. އަދި އަންނަ އަހަރު ނިމުމުގެ ކުރިން ހަ ރަށެއްގެ ސަބްމެރިން ކޭބަލް ގާއިމް ކުރާނެ ކަމަށް ވެސް ހާމަކޮށްފައިވެ އެވެ. އެރަށްރަށަކީ ކ. މާފުށި، ނ. ވެލިދޫ، އދ. މާމިގިލި، އދ. ދަނގެތި، ރ. ދުވާފަރު އަދި ދ. ކުޑަހުވަދޫ އެވެ.

އުރީދޫ އިން ވަނީ 5ޖީ މޮބައިލް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްތަކެއް ލިބޭ ހާއްސަ އޮފާތަކެއް ވެސް ތައާރަފުކޮށްފަ އެވެ. އަދި ސުޕަނެޓް އެއަފައިބާ 5ޖީ ޕްލޭންތައް ބޭނުންކުރާ މީހުންނަށް މަހުގެ އެލަވަންސް ބޭނުންކުރުމަށް ފަހުވެސް 5އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑް ލިބިގެންދާނެކަމަށް އުރީދޫ އިން ހާމަކޮށްފައިވެ އެވެ.

އުރީދޫ އިން ބުނީ ޕޯސްޓްޕެއިޑް 800 އިން މަތީގެ ޕްލޭންތައް ގެންގުޅޭ މީހުންނަށް ދެ ގުނަ ބޯނަސް ޓޭޓަ ވެސް ލިބޭނެ ކަމަށެވެ.