މުޒާހަރާ

ޔޯގާ ހައްޔަރީން ހަޅުތާލެއްގަައި

ޔޯގާ ދުވަހު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރު ކޮށްފައިވާ މީހުން ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ފަށައިިފި އެވެ.


އަވަސްއަށް މައުލޫމާތު ދެއްވަމުން އައްޝައިހް ފަޒްލޫން މުހައްމަދު ވިދާޅުވީ ޖަލުގައި ތިބި މީހުން ގިނަ ހައްގުތަކަކުން މަހުރޫމް ކޮށްފައިވާ ކަމަށެވެ. އަދި މިއަދު ހަވީރުން ފެށިގެން ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ފަށާފައިވާ ކަމަށެވެ.

ޖަލުގައި ތިބި މީހުން އާއިލީ ބައްދަލުވުމަށް ދަތިކުރުމާއި ޑޮކްޓަރަށް ދެއްކުމަށް ދަތިކުރުމުގެ އިތުރުން ބަންދުގެ މުއްދަތު އިތުރުކުރި ލިޔުން ނުދީ ހިފަހައްޓާ އިސްތިއުފާނުގެ ހައްގު ވަނީ ނިއުޅައިގެންފައެވެ. އަދި އެ މީހުން ބައިތިއްބާފައި ތިބި ގޮޅީގައި ހުރި ފަންކާ ހަލާކު އެކަން ރަނގަޅު ކޮށްދޭން އެދުމުންވެސް އެކަން ކޮށްދީފައެއް ނުވެއެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރު ކުރި ބައެއް މީހުންނަށް 60 ދުވަހުގެ ބަންދުގެ މުއްދަތު ޖެހި އެވެ. ބައެއް މީހުންނަށް ތިން ހަތަރު ފަހަރު މަތީން ބަންދުގެ މުއްދަތު ޖަހައިިފި އެވެ.

މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން 24 މީހަކު ހައްޔަރު ކުރިއެވެ. އޭގެ ތެރެއިން 10 މީހަކު ނޫނީ އެެހެން މީހުން ވަނީ ބަންދުން ދޫކޮށްލާފައެވެ. ބަންދުގައި ތިބި މީހުންގެ ތެރޭގައި ޝައިހް އާދަމް ނިޝާން އާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ހިމެނެއެވެ.