ޕީޕީއެމް

ޕީޕީއެމްގެ މުޒާހަރާއިން 14 މީހުން ހައްޔަރުކޮށްފި

ޕީޕީއެމް-ޕީއެންސީގެ މުޒާހަރާއެއް ފުލުހުން ހުއްޓުވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާއިން 14 މީހަކު ހައްޔަރުކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މާލޭގައި ސިލްސިލާކޮށް ބާއްވާ މުޒާހަަރާގެ ތެރެއިން ފުލުހުން ރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 11 ފިރިހެނުންނާއި ތިން އަންހެނުންނެވެ.

މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ބަންދާމެދު ނިންމި ގޮތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ވ. އާރަށުގެ މައްސަލައިގައި ހިމެނޭ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާއި ގުޅިގެން ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ރައީސް ޔާމީނަށް އިއްވާފައިވަނީ "ހަރާމު ހުކުމެއް" ކަމަށް ބުނެ ޔާމީން މިނިވަންކުރުމަށް އިދިކޮޅުން ދަނީ ގޮވާލަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345