ސައުދީ އަަރަބިއްޔާ

ސައުދީން އިރާނާ ހަނގުރާމައެއް ނުކުރާނެ: ޑެޕިއުޓީ ކްރައުން ޕްރިންސް

ސައުދި އަރަބިއްޔާއިން އިރާނާއެކު ހަނގުރާމަ ނުކުރާނެ ކަމަށާއ ދެގައުމުގެ މެދުގައި ހަނގުރާމަ ކުރަން ފަށައިފިނަމަ ބޮޑެތި މުސީބާތްތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް ސައުދީގެ ޑެޕިއުޓީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ "ދި އިކޮނޮމިސްޓް" އަށް ޕްރިންސް މުހައްމަދު ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ އެކަމަކީ އެގައުމަށް ފެނިފައި އަދި ފެންނަން ހުރި ކަންކަން ކަމަށާއި އެކަންތައްތަކާއި އެހާ ބޮޑަށް ސަމާލުކަން ނުދޭ ކަމަށެވެ. އިތުރަށް ވިދާޅުވީ ވިސްނުމެއް ނެތި ބަޔަކު ކުރާ ކަންތައްތަކަށް ރައްދު ދޭން ބޭނުންފުޅު ނުވާ ކަމަށެވެ.

މުހައްމަދު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކަށް ގެއްލުން ލިބޭފަދަ އަމަލެއް ހިންގިޔަ ނުދޭނެ ކަމަށެވެ. ނަމަވެސް މުހައްމަދު ވަނީ އިރާނުން ދޭ ހަމަލާތައް އިތުރުވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"އަހަރުމެން ބިރުގަނޭ ހަމަލަތައް އިތުރުވާތީ. އިރާނުގައި ތިބި ސައުދީ ޑިޕްލޮމެޓުންނަށް ނުވަތަ އެމީހުންގެ އާއިލާއަށް ހަމަލާއެއްދީފާނެތީ ބިރުވެރިކަން އެބައޮތް. އޭރަށް މިމައްސަލަ ހައްލުކުރަން ވަރަށް އުނދަގުވާނެ" މުހައްމަދު ވިދާޅުވި އެވެ.