އެޗްޑީއެފްސީ

އެޗްޑީއެފްސީ އިން ލީސް ބައިއައުޓް ލޯނު ލޯންޗްކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ލީސް ބައިއައުޓްގެ ނަމުގައި މުޅިން އާ ޕްރޮޑަކްޓެއް ތައާރަފްކޮށްފި އެވެ.

އެޗްޑީއެފްސީ އިން އަލަށް ލޯންޗުކުރި ލީސް ބައިއައުޓް ލޯނާއެކު ކަސްޓަމަރުންނަށް ކޮންޓްރެކްޓަރުންގެ އެހީއާއެކު އިމާރާތް ކޮށްފައިވާ ގޯތިގެދޮރު ގޭގެ ވެރިފަރާތާއި ކޮންޓްރެކްޓަރު އެއްބަސްވާ އުސޫލެއްގެ މަތިން އެޗްޑީއެފްސީގެ ފައިނޭންސިން ފެސިލިޓީ/ ލޯނު ބޭނުން ކޮށްގެން އަނބުރާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ކުންފުނީގެ ހެޑް އޮފް ކްރެޑިޓް ވިދާޅުވި ގޮތުގައި އަލަށް ލޯންޗުކުރި ޕްރޮޑަކްޓްގެ ސަބަބުން ގޯތީގެ ވެރިފަރާތަށް ގެ ނުވަތަ ގޭގެ ބޮޑުބައެއް ލީސިން އެގްރީމެންޓް ހަމަވުމުގެ ކުރިން އަމިއްލަ ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އޭގެ ސަބަބުން ވެރިފަރާތްތަކުގެ އާއިލާގެ ދިރިއުޅުމުގެ ހާލަތަށް ހެޔޮ ބަދަލެއް އައިސް ފުދުންތެރިކަން އިތުރުވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ލޯނު އަނބުރާ ދައްކާ މުއްދަތު 20 އަހަރަށް ބަހާލެވޭނެ އެވެ. އެޗްޑީއެފްސީން މި ލޯނުގެ އިންޓްރެސްޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ 12.50 ޕަސެންޓްގެ އިންޓްރެސްޓެކެވެ.

އެޗްޑީއެފްސީގެ އަމާޒަކީ ދިވެހި ރައްޔިތުންނަށް ފަސޭހަކަމާއެކު ބޯހިޔާވަހިކަން ހޯދުމަށް ފައިނޭންސް ލިބޭނެ ފުރުސަތުތައް ގާއިމުކޮށްދީ ދިވެހިންނަކީ އެކަށޭނެ ބޯހިޔާވަހިކަމެއް ލިބިފައިވާ ބަޔަކަށް ހެދުން ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ. ލޯނާ ބެހޭ މައުލޫމާތު އެޗްޑީއެފްސީގެ ވެބްސައިޓުން ލިބޭނެ އެވެ،