ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ސްމޯލް ގްރާންޓަށް ހުށަހެޅުމަށް އިތުރު ފުރުސަތެއް

Aug 4, 2022

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކޮށްފައިވާ "ސްމޯލް ގްރާންޓްސް" ފަންޑަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ހުޅުވާލައިފި އެވެ.

ބީއެމްއެލް އިން ސްމޯލް ގްރާންޓްސް ފަންޑް ތައާރަފް ކުރީ އެ ބޭންކްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަމާޒުކޮށްގެންނެވެ.

މި ފަންޑުގެ ދަށުން އެހީދިނުމަށް ހަމަޖެހިފައިވަނީ ތިމާވެށްޓާއި ގުޅޭ އެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށާއި ދެމެހެއްޓެނެވި ތަރައްގީ އާއި ތިމާވެށީގެ ކަންކަމާ ގުޅޭ މަޝްރޫއު ތަކަށެވެ.

ފަންޑްގެ އެހީ ހޯދުމަށް ހުށަހަޅާ މަޝްރޫއުތަކުގެ ޕްރޮޕޯސަލްތަކުގެ ތެރެއިން އަށް ޕްރޮޕޯސަލެއް ހޮވައި ކޮންމެ ޕްރޮޕޯސަލަކަށް 250،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައިވެ އެވެ.

ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ފަންޑްގެ އެހީ ހޯދުމަށް ހުށަހެޅޭނެ އެވެ.

ބީއެމްއެލްގެ ސްމޯލް ގްރާންޓަށް އެދި ހުށަހެޅޭނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރީ ވެފައިވާ ޖަމިއްޔާތަކަށެވެ.