އުމަރު ނަސީރު

ފޯނު ފޭރިގަތް މައްސަލަ ޔޫކޭ ފުލުހުން ރަނގަޅަށް ބަލާނެކަން ޔަގީން: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު: ފޯނު ފޭރިގަތް މައްސަލަ ޔޫކޭ ފުލުހުން ރަނގަޅަށް ބަލާނެކަން ޔަގީން ކުރައްވާ ކަމަށް ވިދާޅުވި -- އަވަސް ފޮޓޯ
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފޯނު ލަންޑަންގައި ފޭރިގެން މައްސަލަ އެ ގައުމުގެ ފުލުހުން ވަރަށް ރަނގަޅަށް ބަލާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ފޯން ފޭރިގަތީ ދަރިކަނބަލުންނާ އެކު ލަންޑަންގެ ރެސްޓޯރަންޓެއްގައި ފަރިއްކުޅުއްވަން އިންނަވަނިކޮށެވެ.

އެކަމާއި ގުޅޭގޮތުން އުމަރު ވިދާޅުވީ އިނގިރޭސިވިލާތް ފަދަ އަމާން މާހައުލެއްގައި ރައީސް ނަޝީދުގެ ފޯނު ފޭރިގަތް ހާދިސާގެ ވާހަކަ އަޑު އިވުމުން ހިތާމަ ކުރައްވާ ކަމަށެވެ. އެ މައްސަލަ އިނގިރޭސިވިލާތުގެ ފުލުހުން ވަރަށް ފުރިހަމައަށް ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

ނަޝީދުގެ ފޯނު ފޭރިގެންފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލުތަކެއް ހިންގަވާ ފޮޓޯތަކެއް އެމަނިކުފާނުގެ ފޯނުގައި ހުރި ކަމަށް ނަޝީދު ތުހުމަތުތަކެއް ކުރައްވާފައި ވަނިކޮށެވެެ. ނަޝީދު މިއަދު ވިދާޅުވީ ފޯނު ފޭރިގަތީ ސަލާން ޖަހަން އައި މީހެއް ކަމަށެވެ. އެމީހާއަށް ފައިސާ ދޭން އުޅެނިކޮށް ފޯނު ފޭރިގަނެގެން ފިލީ ކަމަށެވެ.

ނަޝީދުގެ ފޯން ފޭރިގަތް ކަމަށް ވިދާޅުވުމުން ބައެއް ސިޔާސީ ބޭފުޅުން ވިދާޅުވީ އެއީ ގަރުނުގެ ބޮޑު "ޖޯކް" ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910