ޕީޕީއެމް

ރިޔާސީ ޓިކެޓް ހަވާލުކުރާ ޖަލްސާއަށް ދައުވަތު ދީފި

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިދިކޮޅު ދެ ޕާޓީން ވަނީ ބުނެފައި --
0%
0%
0%

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް އެރުވުމަށް މި މަހުގެ 19 ވަނަ ދުވަހު ބާއްވާ ބޮޑު ޖަލްސާއަށް ރަސްމީކޮށް ދައުވަތު ދީފިި އެވެ.

މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ޕީއެންސީގެ ނާއިބު ރަައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ރިޔާސީ ޓިކެޓް ހަވާލުކުރަން ބާއްވާ ޖަލްސާ އޮންނާނީ "ހަވާލޭ ވަތަން" މި ނަމުގައި ކަަމަށެވެ. ކާނިވާ ސްޓޭޖް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް އަންނަން ބޭނުންވާ އަތޮޅުތެރޭގެ ރައްޔިތުންނަށް މަރުހަބާ ކިޔާ ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ނިންމާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ އޮތް ޕީޕީއެމް ޕީއެންސީ ކައުންސިލް ބައްދަލްވުމުގައި މެންބަރުންގެ އިއްތިފާގުންނެވެ. އެ ރޭގެ ބައްދަލްވުމުގައި ކައުންސިލްގެ އެ ނިންމުން ގަބޫލުކުރައްވާކަން ރަައީސް ޔާމީން ވަނީ ހާމަކޮށްފައެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އަރުވާފައިވާއިރު އެމަނިކުފާނުގެ މައްޗަށް ކުރީން އޮތް ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރުމުން އިންތިހާބުގައި ވާދަކުރުމަށް އޮތް ހުރަސް ވަނީ ނެތިގެން ގޮސްފައެެވެ. ނަމަވެސް އަދިވެސް ދަށު ކޯޓްގައި އެމަނިކުފާނުގެ މައްޗަށް ދެ މައްސަލައެއްގެ ޝަރީއަތް އެބަ ހިނގައެވެ. އެއިން ދައުވާއެއް ސާބިތުވެއްޖެނަމަ އިންތިހާބުގައި ވާދަ ކުރުމުގެ ފުުރުސަތު ގެއްލޭނެ އެވެ. ނަމަވެސް އިދިކޮޅު ދެ ޕާޓީގެ ވެރީން ވަނީ ރައީސް ޔާމީނަށް ރިޔާސީ ރޭހުން ދެން ފުރުސަތު ގެއްލުވާ ނުލެވޭނެ ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910