ރާއްޖެ ކުޅިވަރު

މާޒިޔާގެ ފަރޭ ނިއު އަށް ސޮއިކޮށްފި

މިދިޔަ ދެ އަހަރު މާޒިޔާ އަށް ކުޅުނު ހުނަރުވެރި މިޑްފީލްޑަރު ފަރުހާދު އިސްމާއީލް އަންނަ ސީޒަނުގައި ނިއުރޭޑިއަންޓަށް ކުޅެން ސޮއިކޮށްފި އެވެ.

އެއް އަހަރުގެ ކޮންޓްރެކްޓްގައި އޭނާ ނިއު އަށް ސޮއިކުރި މިއީ އަންނަ ސީޒަނަށް ނިއު އަށް ގެންދިޔަ ފުރަތަމަ ކުޅުންތެރިޔާ އެވެ. ޓީމުގައި ތިބި މުހިންމު ގިނަ ކުޅުންތެރިން އެހެން ކުލަބުތަކަށް ދިޔަ ނަމަވެސް މިދިޔަ ހަތަރު އަހަރު އެންމެ ކާމިޔާބު ކުލަބުން ދަނީ އަންނ ސީޒަނަށް ވެސް ޓީމު ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކުރިން ވެސް ނިއު އަށް ކުޅުނު ފަރޭއާ އެކު އޭނާގެ ކޮއްކޮ ބީޖީގެ ފާރޫގް ވެސް ވަނީ ނިއު އަށް ސޮއިކޮށްފަ އެވެ. މީގެ އިތުރުން ނިއުގައި އޭނާގެ އެހެން ކޮއްކޮއެއް ކަމަށްވާ ސައްދާމް ވެސް އެބަހުއްޓެވެ. އަދި ނިއުގެ މެނޭޖަރު އަމީން ފައިސަލް އާއި ފުޓްބޯޅަ ޑިރެކްޓަރު އަންވަރު އަލީ ވެސް ފަރުހާދުގެ އާއިލީ ދެމެމްބަރުންނެވެ.

ވިކްޓަރީ އާއި ވެލެންސިއާ އަދި ވީބީ އަށް ވެސް ކުޅުނު ފަރޭ ވަނީ 2008 ވަނަ އަހަރާއި 2009 ވަނަ އަހަރު ވެސް ނިއު އަށް ކުޅެފަ އެވެ. މިދިޔަ އަހަރުގެ މެދަކާ ހަމަ އަށް އޭނާ ވަނީ ގައުމީ ޓީމުން ވެސް ޖާގަ ހޯދައިފަ އެވެ.