ގިނަ އަދަދެއްގެ ދިވެހިންނާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލްމްގިރީއާއެކު ގުޅުން ހިންގި މައްސަލާގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިއު މަގާމުން ވަކިކޮށްފައިވާ ކަަމަށް ސަރުކާރުން ބުނެފި އެވެ.
އަލަމްގިރިއާއެކު ރާފިއު ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު ވަނީ ލީކުކޮށްލާފައެވެ.
އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ރާފިއުގެ މި ވީޑިއޯއާ ގުޅިގެން ސަރުކާރުގެ އޮފިޝަލަކު ދެންމެ ވިދާޅުވީ އެ ވީޑިއޯ އާންމުވުމުގެ ކުރީން އެނާ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މައްސަލަ ފާހަގަ ކުރެވުނު ހިސާބުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
އަލަމްގިރި ވަނީ ރާއްޖޭގެ ސިޔާސީ ބޭފުުޅުންނާއި ބައެއް ވިޔަފާރިވެރިންނާއި ދައުލަތުގެ ބައެއް އިދާރާތަކުގައި މަސައްކަތް ކުރާ މީހުންނާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ އިތުރުން އެ މަންޒަރުތައް ވީޑިއޯ ވެސް ކޮށްފަ އެވެ. އެހެންވެ އަލަމްގިރީގެ މައްޗަށް ފުލުހުން ދެ ތުހުމަތެއް ކުރެ އެވެ. އެއީ ގިނަ އަދަދެއްގެ ބަޔަކު ބްލެކްމެއިލް ކުރުމުގެ މައްސަލަ އާއި އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތެވެ.
މި މައްސަލާގައި ބައެއް މީހުން ހައްޔަރުކޮށް އިތުރު ވީޑިއޯތަކުގެ ތަހުގީގު ފުލުހުން ދަނީ ހިންގަމުންނެވެ.