އިސްމާއީލް ރަފީގް

ހާލަތާ މެދު ކަންބޮޑުވޭ، އަވަސް ފިޔަވަޅުތަކެއް އަަޅަންޖެހޭ: މޭޔަރު އިއްސެ

Aug 8, 2022
1
ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގު. ހާލަތާ މެދު ކަންބޮޑުވާ ކަމަށާއި އަވަސް ފިޔަވަޅުތަކެއް އަަޅަންޖެހޭ ކަމަށް މޭޔަރު އިއްސެ ވިދާޅުވި -- ފޮޓޯ ފުވައްމަލައް ސިޓީ ކައުންސިލް
0%
0%
0%

ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު އަނިޔާވެރިކޮށް މަރާލި މައްސަލައިގައި އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެފަދަ ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހުރި ފުރުސަތުތައް ބަންދުކޮށް ގައުމުގެ ހާލަތު ރަނގަޅުކޮށްދިނުމަށް ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގު ދައުލަތުގެ އިދާރާތަކުގައި އެދިވަޑައިގެންފި އެވެ.

ޝިއާއު މަރާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަލީ ޝާހިލްގެ މަންމަ އަކީ ވެސް ފުވައްމުލަކު މީހެކެވެ.

ފުވައްމުލަކަށް ނިސްބަތްވާ ދެ ޒުވާނަކާ ގުޅިފައިވާ މަރުގެ މިމައްސަލައާއި ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގު ވިދާޅުވީ ޝިއާއު މަރާލީ ވަރަށް އަނިޔާވެރިކޮށް ކަމަށް ބުނަމުންދާތީ މުޖުތަމައު ވެއްޓިފައި އޮތް ހާލަތާ މެދު އިންތިހާއަށް ދެރަވެ ހިތާމަކުރައްވާ ކަމަށެވެ.

"ހަގީގަތުގައި ބޮޑެތި ކުށްތައް ހިންގުން މި ހާލަތަށް ގޮސްފައިވާއިރު މިކަންކަން ހުއްޓުވަން އެބަޖެހޭ. އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ. އެއީ ވަކި ރަށަކަށް ވެގެން ކުރަންޖެހޭ ކަމެއް ނޫން. އެންމެންގެ ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތަކެއް އަޅަންޖެހޭ،" މޭޔަރު ވިދާޅުވި އެވެ.

އިސްމާއީލް ވިދާޅުވީ ޝިއާއުގެ މަރާ ގުޅިގެން އެ އާއިލާގެ މެންބަރުންނަށް ކެތްކުރަން އުދަނގޫ ހިތްދަތި އެތައް އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. އެހެންވެ ޖެންޑާ މިނިސްޓްރީއާ ގުޅިގެން ޝިއާއުގެ އާއިލާގެ މެންބަރުންނަށް ބޭނުންވާ ކައުންސިލިންގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދާ ކަމުގައި ވިދާޅުވި އެވެ. މީގެއިތުރުން ޝިއާއުގެ މަރާ ގުޅިގެންނާއި ފުވައްމުލަކުގައި އިތުރުވަމުންދާ ކުށްތަކާ ގުޅިގެން ފުވައްމުލަކުގައި އަމާންވެއްޓެއް ގާއިމުކޮށްދިނުމަށް ކަމާ ގުޅޭ އިދާރާތަކުގައި ކަންތައްތަކެއް ކޮށްދިނުމަށް އެދެމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"ކައުންސިލުން އެގޮތަށް އެދެމުން ދިއުމާ ގުޅިގެން ބައެއް އިދާރާތަކަށް ބޭނުންވާ ވަސީލަތްތައް ހަމަޖައްސަމުންދާ ކަމަށް މައުލޫމާތު ލިބޭ. އަދި ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން އެކި ކުށްތަކުގައި ބައެއް މީހުން ހައްޔަރުކޮށްފައިވެސްވޭ. ކުށްތައް ހުއްޓުވަން އެބަޖެހޭ،" އިސްމާއިލް ވިދާޅުވި އެވެ.

ޝިއާއު މުހައްމަދު ސައީދު (ކ)ގައި އަދި އޭނާގެ ގާތިލް ކަމަށް ބުނާ އަލީ ޝާހިލް

މޭޔަރު ވިދާޅުވީ ޝިއާއުގެ މަރުގެ ތަހުގީގުގެ ކަންކަން ވަރަށް ގާތުން ބަލައި ޝިއާއުގެ އާއިލާ އަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ. އަދި ޝާހިލްއަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން އޭނާގެ އާއިލާގެ ބައެއް މެންބަރުންނަށްވެސް ނަފްސާނީ އުދަނގޫތަކެއް ހުންނާނެ ކަމަށް ގަބޫލުކުރެވޭތީ އެމީހުންނަށްވެސް އެހީތެރިިކަމެއް ބޭނުންވާނަމަ އެކަމުގައި ކައުންސިލަށް ކޮށްދެވެން އޮތް ކަމެއް ކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ޝިއާއުގެ މަރާ ގުޅިގެން އަލީ ޝާހިލް ހައްޔަރުކުރީ ކުށުގެ ވެށިން ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ފަންގިފިލާއިންނެވެ.

ޝާހިލް އަށް ތުހުމަތުކުރާ ކުށަށް އޭނާ އަދި އިއުތިރާފްވެފައި ނުވާތީ ފުލުހުންގެ ތަހުގީގު ފުޅާކޮށް މައްސަލަ ސާބިތުކުރަން ބޭނުންވާ ހެއްކާއި ގަރީނާތައް އެއްކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345