މާލޭގެ ފަނޑިޔާރު މަގު އެއްކޮޅަށް ދުއްވާ މަގަކަށް ބަދަލުކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ މި ބަަދަލު ގެނައި ކަމަށް އާންމުކޮށް އަންގާ އިއުލާންވެސް ކޮށްފަ އެވެ.
ފަނޑިޔާރު މަގަށް އިއްޔެ އިން ފެށިގެން ގެނައި ބަދަލާ ގުޅިގެން ވެހިކަލް މިހާރު ދުއްވެނީ ހުޅަނގުން އިރަށެވެ.
ފަނޑިޔާރު މަގަކީ ދޭތެރެދޭތެރެއިން އެއްކޮޅަށް އަދި ދެކޮޅަށް ދުއްވާ މަގެކެވެ.
ސިޓީ ކައުންސިލުން ފަނޑިޔާރު މަގުގައި ވެހިކަލް ދަތުުރުކުރާ ގޮތަށް ބަދަލު ގެނެސްފައި މިވަނީ މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާތީ އެވެ.
މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި މާލޭގެ ބައެއް މަގުތަކުގައި ވެހިކަލް ޕާކް ނުކުރެވޭ ގޮތް ހަދައި، މަގުތަކުގައި ޓްރެފިކް ސައިން ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.