މާލޭ ސިޓީ ކައުންސިލް

އަމީނީ މަގުގައި 335 ސައިކަލް ޕާކް ކުރެވޭ ޒޯނެއް ހަދައިފި

Sep 3, 2022
2

އަމީނީ މަގުގައި ސްޓޭޑިއަމްގެ ބައެއްގައި 335 ސައިކަލް ޕާކް ކުރެވޭ ޕާކިން ޒޯނެއް ހަދައިފި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަލަށް ހެދި ޕާކިން ޒޯނަކީ މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން އަމީނީ މަގުގައި ވެހިކަލް ޕާކް ނުކުރެވޭތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ހެދި ޕާކިން ޒޯނެއް ކަމަށެވެ.

އަލަށް ހެދި ޕާކިން ޒޯންގައި އަންނަ ހަފްތާގައި ޕާކް ކުރަން ހުޅުވާލުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އަމީނީ މަގުގައި އަލަށް ހެދި ޕާކިން ޒޯންގައި ވަކި އަދަދަކަށް ކާރަށް ވެސް ޕާކް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.

ސިޓީ ކައުންސިލުން ބުނީ މަޖީދީ މަގުގައި ވެސް ދެތިން ސަރަހައްދެއްގައި ޕާކިން ޒޯންތައް ހެދުމަށް ނިންމާފައވާ ކަމަށެވެ. ބިން ހަމަޖެހުނުހާ އަވަހަށް މަސައްކަތް ފަށަން ސިޓީ ކައުންސިލުން ތިބީ ތައްޔާރަށެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާތީ މާލޭގެ އަމީނީ މަގާއި، މަޖީދީ މަގާއި، ފަރީދީ މަގުގެ އިތުރުން އޯކިޑް މަގުގައި ޕާކް ނުކުރެވޭ ގޮތް ހެދުމަށް މިހާރު ވަނީ ނިންމާފަ އެވެ.

މިނީ ބަހުގެ ދަތުރުތައް އަންނަ ހޯމަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާއިރު ދަތުރަކަށް ހަތް ރުފިޔާ ނެގުމަށް ވަނީ ނިންމާފަ އެވެ.