މައިކްރޮސޮފްޓުން ޚަރަދު ކުޑަކުރަން މަސައްކަތް ފަށައިފި އެވެ.
މިއީ ޔުކްރޭން ހަނގުރަމައާ ގުޅިގެން ދުނިޔޭގެ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައިސް ތަކެތީގެ އަގުބޮޑުވާނެ ކަމަށް އދ. އާއި މާލީ އިދާރާތަކުން ދުނިޔެއަށް ގޮވާލާފައި ވަނިކޮށް އެ ކުންފުނިން އެޅި ފިޔަވަޅެކެވެ.
ވޯލް ސްޓްރީން ޖާނަލް އިން ބުނާ ގޮތުން މައިކްރޮސޮފްޓްގެ އޮފިޝަލުންގެ ދަތުރުތަކަށް ކުރާ ހޭދަ ކުޑަކުރަން ވަނީ ނިންމާފަ އެވެ. ކުންފުނީގެ ބޭނުންތަކަށް ބާއްވާ ބައްދަލުވުންތަކާއި އެނޫން ބައްދަލުވުންތަކަށް ކުރާ ޚަރަދުވެސް ކުޑަކުރަން ވަނީ އަންގާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މައިކްރޮސޮފްޓްގެ ބައެއް އޮފީސްތަކަށް މުވައްޒަފުން ހޯދުން މަޑުކޮށްލުމަށް ވެސް އޮތީ އަންގާފަ އެވެ. މުވައްޒަފުން އިތުރުކުރުމާއި މުސާރަ ބޮޑުކުރަން ޖެހޭ ގޮތަށް ޒިންމާތައް މިވަގުތަށް ބަދަލުކުރުން މަޑުޖައްސާލަން ވެސް އޮތީ އަންގާފަ އެވެ.
މައިކްރޮސޮފްޓްގެ މި ބަދަލަކީ ކުރިއާލައި ރައްކާތެރިވުމަށް އެޅި ފިޔަވަޅެއް ކަމަށް ބުނެވެ އެވެ. އިންވެސްޓަރުންނާއި ހިއްސާދާރުންގެ ހައްގުތަކަށް އެހެން ނޫން ނަމަ އުނިކަމެއް އަތުވެދާނެތީ އެޅި ފިޔަވަޅެއް ކަމަށްވެސް ބެލެވެ އެވެ.
މިއީ ޓެކްނޮލޮޖީ ކުންފުނިިތަކުން ސަލާމުވާނެ ވާހަކައެއް ކަމަށް ބެލެވެ އެވެ. ޚަރަދު ކުޑަކުރަން ބައިނަލްއަގުވާމީ ގޮތުން ގޮވާލާފައި އޮތް އޮތުމަށް އެޕަލް އަދި ގޫގުލް ފަދަ ކުންފުނިތަކުން ވެސް އެއްބާރުލުން ދޭނެ އެވެ.
މައިކްރޮސޮފްޓަކީ މީގެ ކުރިން ވެސް ވަރަށް ބަލައިގެން ހޭދަކުރާ ކުންފުންޏެކެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި މައިކްރޮސޮފްޓްގެ އޮފީސްތައް ހިންގަމުން ގެންދާއިރު އެ އޮފީހަކާ ގުޅުން ހުރި މަސައްކަތްތަކުން ފައިދާ ހޯދޭ ނިސްބަތަކުން ޚަރަދުކުރަން ކުރިން ވެސް އޮންނަނީ އަންގާފަ އެވެ.