ބޮލީވުޑް

ޝިލްޕާ ޝެޓީގެ ފަޔަށް އަނިޔާވެއްޖެ

Aug 11, 2022

ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހިމެނޭ "އިންޑިއަން ފޮލިސް ފޯސް"ގެ ޝޫޓިން ތެރޭގައި ޝިލްފާ ޝެޓީގެ ވައަތު ފަޔަށް އަނިޔާ ވެއްޖެ އެވެ.

އިންސްޓަގްރާމްގައި ޝިލްޕާ ޚިއްސާކުރި ފޮޓޯގައި އޭނާ ހޮސްޕިޓަލުގައި ފުރޮޅުލީ ގޮނޑީގައި އިށީނދެ އިންއިރު، ވައަތު ފައިގައި ގާޑެއް އަޅުވާފައިވެ އެވެ.

ރޯހިތް ޝެޓީ ޑައިރެކްޓްކުރާ "އިންޑިއަން ފޮލިސް ފޯސް" ވެބް ސީރިޒްއަށް ޝޫޓްކުރަނިކޮށް ލިބުނު ގެއްލުމުގެ ސަބަބުން ޝިލްޕާއަށް ހަ ހަފްތާ ވަންދެން މަސައްކަތާ ދުރުވާންޖެހޭ ކަމަށާއި އޭނާއަށް ހެޔޮދުއާކޮށްދިނުމަށް ވެސް ޝިލްޕާ އެދިފައިވެ އެވެ.

އެމެޒޯން ޕްރައިމް އިން ސްޓްރީމު ކުރަން ހަމަޖެހިފައިވާ އިންޑިއަން ޕޮލިސް ފޯސްގައި އިންޑިއާ ސިފައިން އެގައުމަށްޓަކައި ވަމުންދާ ގުރުބާނީ ފެނިގެންދާނެ ކަމަށް ސީރީޒް އުފައްދާ ޓީމުން ބުނެ އެވެ.