ބޮލީވުޑް

"ލާލް ސިންގް ޗައްޑާ" މަޝްހޫރު ތަރިންނަށް ދައްކާލައިފި

Aug 11, 2022

ބޮލީވުޑްގެ މަޝްހޫރު އަދި ހުނަރުވެރި ތަރިން ކަމުގައިވާ އާމިރު ހާން އާއި ކަރީނާ ކަޕޫރުގެ އެންމެ ފަހުގެ ފިލްމު "ލާލް ސިންގް ޗައްޑާ" ހާއްސަ ފަރާތްތަކަށް ދައްކާލުމަށް ބޭއްވި ހަރަކާތުގައި ބޮލީވުޑްގެ ގިނަ ތަރިންތަކެއް ބައިވެރިވެއްޖެ އެވެ.

ސިނަމާތަކުގައި މިއަދު އެޅުވުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ފިލްމެކެވެ.

ފިލްމު ޕްރިމިއާ ކުރުމުގެ ކުރިން ހާއްސަ ފަރާތްތަކަށް ދައްކާލުމަށް ބޭއްވި އިވެންޓްގައި ލާލް ސިންގް ޗައްޑާގެ ތަރިންނާއި އެމީހުންގެ އާއިލާގެ މެންބަރުންގެ އިތުރުން ރަންވީރް ސިންގް، ދީޕިކާ، ސުޝްމީތާ ސެން، އިޝާން، ވިޖޭ ވަރްމާ ފަދަ ތަރިން ބައިވެރިވި އެވެ.

އަދްވެއިތް ޗަންދަން ޑައިރެކްޓްކުރި ލާލް ސިންގް ޗައްޑާ އަކީ ހޮލީވުޑްގެ "ފޮރަސްޓް ގަމްޕް" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

1994 ގައި ރިލީޒްކުރި ފޮރަސްޓް ގަމްޕްއަށް ހަ އޮސްކާ އާއި އެހެން ބައެއް އެވޯޑްތައް ވެސް ލިބިފައިވެ އެވެ. އަދި ފޮރަސްޓް ގަމްޕްގެ ރޯލް ފުރިހަމައަށް އަދާކުރި އެޓޮމް ހޭންކްސް ވަނީ ބެސްޓް އެކްޓަރުގެ އެވޯޑްވެސް ހޯދާފަ އެވެ.

ލާލް ސިންގް ޗައްޑާ މިއަދު ޕްރިމިއާކުރާއިރު އިންޑިއާގެ ބައެއް މީހުން ގެންދަނީ އާމިރު ހާން 2015 ވަނަ އަހަރު ކުރި ޓްވީޓްއެއްގެ ސަބަބުން އޭނާގެ ހިތުގައި ގައުމިއްޔަތު ނެތް ކަމަށް ބުނެ، އެ ފިލްމު ބޯއިކޮޓް ކުރުމަށް ގޮވާލަމުންނެވެ. މިކަމާ ގުޅިގެން އާމިރު ހާން ވަނީ އޭނާއަށް އެއްވެސް ފަރާތަކަށް ދެރައެއް ދެވިފައިވާނަމަ، އެކަމަށް މާއަފަށް އެދޭކަމަށް ބުނެފަ އެވެ.