ބޭރު ކުޅިވަރު

ޔުނައިޓެޑާއި ސިޓީ އަދި އާސެނަލް އަނެއް ބުރަށް

އިނގިރޭސި އެފްއޭ ކަޕުގެ ދެ ވަނަ ބުރަށް މެންޗެސްޓާގެ ދެ ޓީމު ކަމަށްވާ ސިޓީ އާއި ޔުނައިޓެޑް އަދި ޗެމްޕިއަން އާސެނަލް ދަތުރުކޮށްފި އެވެ.

ބަލިވާ ޓީމެއް ކަޓާ މުބާރާތުގައި މެންޗެސްޓާ ސިޓީ މޮޅުވީ ނޯވިޗް ސިޓީ އަތުން 3-0އިންނެވެ. ލަނޑު ޖެހީ ސާޖިއ އަގުއެރޯ އާއި ކެވިން ޑެބްރޫނޭ އަދި ކެލެސީ އެވެ.

އާސެނަލް މޮޅުވީ ސަންޑަލޭންޑް އަތުން 3-0 އިންނެވެ. ލަނޑު ޖެހީ ޖޯލް ކެމްބެލް އާއި އާރޮން ރަމްސޭ އަދި އޮލީވިއާ ޖީރޫޑެވެ.
ޔުނައިޓެޑް މޮޅުވީ ޝެފީލްޑް ޔުނައިޓެޑް އަތުން ކުރިޔަކިރިޔާ އެވެ. މެޗުގެ ހަމައެކަނި ލަނޑު ކެޕްޓަން ވޭން ރޫނީ ޖެހީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުންނެވެ.

ކްރިސްޓަލް ޕެލަސް މޮޅުވީ ސައުތެމްޓަން އަތުން 2-1އިންނެވެ. ވޮޓަފޮޑް އަތުން ނިއުކާސަލް ބަލިވީ 1-0އިންނެވެ.