ޕްރެމިއާ ލީގްގައި ނިއުކާސަލް ޔުނައިޓެޑާ ބައްދަލުކުރި މެޗުން މެންޗެސްޓާ ސިޓީ ބަލިވެ، ލިވަޕޫލާއި ދެމެދު ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ސިޓީއިން ގެއްލުވާލައިފި އެވެ.
ނިއުކާސަލް ދަނޑުގައި ރޭ ކުޅުނު މެޗްގައި އެންމެ ފުރަތަމަ ލީޑް ނަގައިފައިވަނީ ސިޓިއިންނެވެ. ސިޓީއިން އެލަނޑު ޖަހާފައިވަނީ މެޗް ފެށިގެން 24 ވަނަ ސިކުންތުގައި އެވެ. މިއީ ޕްރެމިއާ ލީގްގައި މިސީޒަނުގައި ވެސް ޖެހި އެންމެ އަވަސް ލަނޑެވެ. އެލަނޑު ޖަހާފައިވަނީ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއެރޯ އެވެ. ފުރަތަމަ ހާފްގައި ރަނގަޅު ކުޅުމެއް ވެސް ދެއްކީ ސިޓީ އިންނެވެ.
ދެވަނަ ހާފް ފަށައިގެން ނިއުކާސްލް އިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން 66 ވަނަ މިނެޓްގައި ނިއުކާސަލުން ވަނީ ސިޓީއާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު ޖަހާދީފައިވަނީ ސަލޮމޮން ރޮންޑޮން އެވެ. ދެވަނަ ހާފްގައިވެސް ރަނގަޅު ކުޅުމެއް ދެއްކީ ސިޓީ އިންނެވެ.
މެޗް ނިމެން ނުވަ މިނެޓަށްވެފައި ވަނިކޮށް ނިއުކާސަލަށް ލިބުނު ޕެނެލްޓީއިން ސިޓީގެ މައްޗަށް އެޓީމުން ކުރި ހޯދި އެވެ. ރެފްރީ ޕެނެލްޓީ ދީފައިވަނީ އޭރިޔާ ތެރެއިން ސިޓީގެ ފެނާންޑީނިއޯ ނިއުކާސަލްގެ ސީން ލޯންސްޓާފަށް ކުރި ފައުލަކާއި ގުޅިގެނެވެ. ނިއުކާސަލްގެ ޕެނެލްޓީ ޖަހައިދީފައިވަނީ މެޓް ރިޗީ އެވެ. މިއީ 2005 ވަނަ އަހަރަށްފަހު ސިޓީއަތުން ނިއުކާސަލް މޮޅުވި ފުރަތަމަ ފަހަރެވެ.
ރޭގެ މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ، މިއީ އަދި ޖެނުއަރީ ކަމަށާއި އަދިވެސް ވަރަށް ބައިވަރު ވަގުތު އެެބައޮތް ކަމަށެވެ. އަދި ވަރަށްވެސް ގިނަ މެޗްްތައް އެބަހުރި ކަމަށެވެ. ހަތް ޕޮއިންޓަކީ ވަރަށްވެސް ބޮޑު ފަރަގެކެވެ. ނަމަވެސް އަދިވެސް އުންމީދު އެބައޮތް ކަމަށާއި ވާނެ ގޮތެއް ނޭންގޭ ކަަމަށްވެސް ގާޑިއޯލާ ބުންޏެވެ.
ސިޓީއިން ލިގަޕޫލާއި ގާތަށް ޖެހިލުމަށް ލިބުނު ފުރުސަތު ރޭ ވަނީ ގެއްލި އަނެއްކާވެސް ޕްރެމިއާލީގް ތައްޓާމެދު އޮތް އުންމީދު ހަނިވެފަ އެވެ. އެގޮތުން އެއްވަނައިގައި އޮތް ލިވަޕޫލް މިވަގުތު އޮތީ 23 މެޗުން 60 ޕޮއިންޓާއެކު އެވެ. ސިޓީ ދެވަނަގައި އޮތީ ކުޅުނު 24 މެޗުން 56 ޕޮއިންޓާއެކު އެވެ. މިރޭ ލިވަޕޫލް އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީ އަތުން މޮޅުވެއްޖެނަމަ ސިޓީއާ އޮތް ފަރަގު ހަތް ޕޮއިންޓަށް އިތުރުވާނެ އެވެ.
އާސެނަލް އިން 2-1 އިން ކާޑިފްސިޓީ ބަލިކޮށްފައިވާއިރު، މެންޗެސްޓާ ސިޓީ ބަލިނުވެ ސަލާމަތްވީ ހަމަ ކިރިޔާ އެވެ. އާސެނަލް މިވަގުތު ފަސް ވަނައިގައި އޮތީ ކުޅުނު 24 މެޗުން 47 ޕޮއިންޓާއެކު އެވެ. އަދި ޔުނައިޓެޑް ހަ ވަނައިގައި އޮތީ ކުޅުނު 24 މެޗުން 44 ޕޮއިންޓާއެކު އެވެ.
އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެޓީމަށް ލިބުނު ޕެނެލްޓީއަކުން ލީޑް ނަގައިދިނީ ޕިއޭ އެމެރިކް އޮބާމަޔަން އެވެ. އެޓީމަށް ލީޑް ފުޅާކޮށްދިނީ 83 މިނެޓްގައި އަލެކްސަންޑަ ލަކަޒޭޓް އެވެ. މެޗްގެ އިތުރު ވަގުތުގައި ލެސްޓާއިން ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ. އެލަނޑު ކާމިޔާބު ކުރީ އެޓީމްގެ މެންޑޭޒް-ލެއިން އެވެ.
މެންޗެސްޓާ ޔުނައިޓެޑުން ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޓަށް ރޭ ވަނީ ނިމުމެއް އައިސްފަ އެވެ. އޮލެ ގުނަ ސޯލްޝެއާ މެންޗެސްޓާގެ ކޯޗްކަމާއި ހަވާލުވިފަހުން ކުޅުނު ހުރިހާ މެޗަކުން ވަނީ މޮޅުވެފަ އެވެ. ނަމަވެސް ރޭ ބާންލީއާ ދެކޮޅަށް ކުޅުނު މެޗުން 2-2 އިން އެއްވަރުވުމުން އެ ރިކޯޓަށް ވަނީ ނިމުމެއް އައިސްފަ އެވެ.
ބާންލީއާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނީ އުނދަގޫ މެޗެކެވެ. މެޗްގައި ފުރަތަމަ ލީޑް ނަގާފައިވަނީ ބާންލީ އިންނެވެ. 51 ވަނަ މިނެޓްގައި ލަނޑު ކާމިޔާބު ކޮށްދިނީ އޭޝްލީ ބާންއެވެ. ބާންލީގެ ލީޑް ފުޅާކޮށް ދެވަނަ ލަނޑު 81 ވަނަ މިނެޓްގައި ޖަހާދިނީ ކްރިސް ވުޑް އެވެ.
ޔުނައިޓެޑް ބަލިނުވެ ސަލާމަތްވީ ފަހު ވަގުތު އެޓީމުން ޖެހި ދެ ލަނޑުންނެވެ. ޕެނެލްޓީއަކުން އެންމެ ފުރަތަމަ ލަނޑު ޖަހާދީފައިވަނީ ޕޮއުލް ޕްގްބާ އެވެ. ބާންލީއާ ހަމަހަމަކޮށްދިން ލަނޑު ޔުނައިޓެޑުން ޖަހާފައިވަނީ މެޗްގެ އިތުރު ވަގުތުގައި އެވެ.