ބޮލީވުޑް

"ލާލް ސިންގް ޗައްޑާ" އިންޓަނެޓުގައި ލީކްކޮށްލައިފި

Aug 12, 2022

"ލާލް ސިންގް ޗައްޑާ" މިއަދު ތިއޭޓަރުތަކުގައި ރިލީޒް ކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އިންޓަނެޓުގައި ލީކްކޮށްލައިފި އެވެ.

ލާލް ސިންގް ޗައްޑާއަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރިލީޒްކުރުން ލަސްވެ، ގިނަ ބަޔަކު ދިގު އިންތިޒާރެއް ކުރި ފިލްމެކެވެ.

ބޮކްސް އޮފީހުގައި މި ފިލްމް މިވަގުތު ވާދަކުރަނީ އަކްޝޭ ކުމާރުގެ "ރަކްޝާ ބަންދަން" އާއެވެ.

ލާލް ސިންގް ޗައްޑާ ލީކްކޮށްލާފައިވާތީ މި ފިލްމްގެ ފުލް އެޗްޑީ ވާޝަން ޓެމިލްރޮކަސް، ފިލްމީޒިއްލާ، މޫވީރޫލްޒް، ޓެލެގްރާމް ފަދަ ސައިޓްތަކުގައި މިއަދު ބެލެންހުރި ކަމަށް ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.

ފިލްމްތައް ލީކްކޮށްލުމަކީ މިހާރު އާކަމެއްވެސް ނޫނެވެ. މިފަހަކަށް އައިސް ސިނަމާގައި ފިލްމް ރިލީޒްކުރާތާ މާގިނަ ދުވަސްތަކެއް ނުވެ އިންޓަނެޓްގައި ފިލްމު ލީކްކޮށްލުމުން ފިލްމްތަކުގެ ބޮކްސް އޮފިސް ވިޔަފާރިއަށް ބޮޑެތި އަސަރުތަކެއް ކުރެ އެވެ. މިކަމުގެ ސަބަބުން ޝަމްޝޭރާ، އެކް ވިލަން ރިޓާންސް ފަދަ ފިލްމްތަކަށްވެސް ވަނީ ގެއްލުން ލިބިފަ އެވެ.

އަދްވެއިތް ޗަންދަން ޑައިރެކްޓްކުރި ލާލް ސިންގް ޗައްޑާ އަކީ ހޮލީވުޑްގެ "ފޮރަސްޓް ގަމްޕް" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.