ބޭރު ކުޅިވަރު

މެސީގެ ހެޓްރިކާއެކު ބާސެލޯނާ އެއްވަނަ އަށް

ލަޔޮނަލް މެސީ ގްރަނާޑާ ކޮޅަށް ހެދި ހެޓްރިކާއެކު 4-0އިން މޮޅުވެ ސްޕެނިޝް ލީގުގެ ތާވަލުގެ ކުރީގައި ބާސެލޯނާ ހަމަޖެހިލައިފި އެވެ.

މި މެޗުގައި މެސީ ހެޓްރިކް ހެދީ 58 ވަނަ މިނިޓްގަ އެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ މެޗުގެ އަށް ވަނަ މިނިޓްގަ އެވެ. ދެ ވަނަ ލަނޑު އޭގެ ހަ މިނިޓް ފަހުންނެވެ. ބާސެލޯނާގެ ފަހު ލަނޑު ޖެހީ މެޗު ނިމެން ދެ މިނިޓަށްވެފައިވަނިކޮށް ބްރެޒިލްގެ ނޭމާ އެވެ.

މި މޮޅާއެކު ބާސެލޯނާ އެއްވަނާގައިވަނީ 42 ޕޮއިންޓާއެކުގަ އެވެ. އެއީ ދެ ވަނާގައިވާ އެތްލެޓިކޯ މެޑްރިޑާއި ތިން ވަނާގައިވާ ރެއާލް މެޑްރިޑަށްވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. އެތްލެޓިކޯ އަށް 41 ޕޮއިންޓް އަދި ރެއާލް އަށް ލިބިފައިވަނި 40 ޕޮއިންޓެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނީ ކޮންމެ މެޗަކުން ވެސް މޮޅުވުމުގެ މުހިންމުކަން ކުޅުންތެރިންނަށް އެނގޭ ކަމަށާއި ކުޅުންތެރިން ދައްކާ ކުޅުމާމެދު އޭނާ ހިތްހަމަޖެހޭ ކަމަށެވެ.