ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ހިންގުން އައިޝަތު ނޫރައްދީންއަށް

Aug 14, 2022

ގައުމީ ބޭންކް -- ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިންގުން އެތަނުގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީންއާ ހަވާލުކޮށްފި އެވެ.

ބީއެމްއެލްގެ އެކްޓިން ސީއީއޯގެ މަގާމަށް އައިޝަތު ނޫރައްދީން ހަމަޖައްސާފައިވަނީ މިދިޔަ ޖުލައި 14 ވަނަ ދުވަހު އެވެ.

ބީއެމްއެލްގައި މަސައްކަތް ކުރާ އެންމެ ދުވަސްވީ ބޭފުޅުންގެ ތެރޭގައި ހިމެނޭ އައިޝަތު ނޫރައްދީންއާ ބީއެމްއެލް ހަވާލުކޮށްފައި މިވަނީ ބޭންކްގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވީ
އިނގިރޭސިވިލާތުގެ ޓިމް ސޯޔާގެ ވަޒީފާގެ މުއްދަތު މިދިޔަ ޖޫން މަހު ހަމަވުމާ ގުޅިގެން އޭނާ ރާއްޖެ ދޫކޮށް ވަޑައިގަތުމާ ގުޅިގެންނެވެ.

އައިޝަތު ނޫރައްދީން ވަނީ މީގެ ކުރިން ވެސް ބީއެމްއެލްގައި ސީއީއޯ އަކު ނެތް ތިން ފަހަރެއްގައި އެ ބޭންކް ހިންގުމާ ހަވާލުވެވަޑައިގެންފަ އެވެ.

އައިޝަތު ނޫރައްދީން ބީއެމްއެލްއާ ގުޅިވަޑައިގަތީ މީގެ 40 އަހަރު ކުރިން 1982 ވަނަ އަހަރު އެވެ.

ބީއެމްއެލް އަށް ސީއީއޯ އެއް ހޯދުމަށް މިދިޔަ ޖޫން މަހު އިއުލާންކޮށްފައިވީ ނަމަވެސް ސީއީއޯ ހަމަޖެހޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.