ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ނޫސްވެެރީންނާއި ބައްދަލު ކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، މާދަމާ ނޫސްވެރީންނާއި ބައްދަލުކުރައްވަން ނިންމަވައިފި އެވެ.

އެމްޑީޕީން ބުނީ ރައީސް ނަޝީދު ބާއްވަވާ ނިއުސްކޮންފަރެންސް އޮންނާނީ މާދަމާ ހެނދުނު 11 ޖަހާއިރު އެމްޑީޕީ އޮފީހުގައި ކަމަށެވެ.

މިއީ ރައީސް ސޯލިހާއި ގުޅޭގޮތުން ވަރަށް ބޮޑު ތުހުމަތަކެއް ފެންމަތި ކުރެއްވި ފަހުން ނަޝީދު ނޫސްވެރީންނާއި ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ. ރައީސް ސޯލިހްގެ ބަރަހަނާ ފޮޓޯތަކެއް އެބަހުރި ކަމަށް ދާދި ފަހުން ނަޝީދު ވިދާޅުވިއެވެ. އެ ފޮޓޯތައް އާންމު ކުރައްވަންވީތޯ ސުވާލުވެސް ކުރެއްވިއެވެ. ފަހުން ވިދާޅުވީ އެ ފޮޓޯތައް ހުރި ފޯން މީހަކު ފޭރިގެންފައިވާ ކަމަށެވެ. ފޯން ފޭރި ގަތީ ދަރިކަނބަލުންނާއެކު ޔޫކޭގެ ރެސްޓޯރަންޓެއްގައި އިންނަވަނިކޮށް ކަމަށްވެސް ވިދާޅުވިއެވެ.

ނަޝީދު މިފަދަ ވާހަކަތަކެއް ދެއްކެވީ އެއް ޖިންސުން ގުޅުން ހިންގި މަައްސަލައެއްގައި އެމަނިކުފާނުގެ ކޮއްކޮ، ނާޒިމް ސައްތާރު ހައްޔަރު ކުރުމުން އެކަމާއި ކޯފާ އިސްކުރައްވައެވެ.

އަނެއްކޮޅުން ނަޝީދުގެ ނިއުސްކޮންފަރެންސްއެއް އިންތިޒާމުކޮށްފައި މިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ތާރީހީ ނިއުސްކޮންފަރެންސްއެއް ބާއްވާފައި ވަނިކޮށެވެ. ހަތަރު ގަޑިއެއްހާ އިރަށް ދިގު ދެމިގެންދިޔަ ނޫސްވެރީންގެ ބައްދަލްވުމުގައި ބައިވެރިވި ހުރިހާ ނޫސްވެރީންނަށް އެ ނޫސްވެރީން ބޭނުންވާ ހުރިހާ ސުވާލުތަކެއް ކުރުމުގެ ފުރުސަތު ދެއްވިއެވެ. އަދި ނޫސްވެެރީންގެ ހުރިހާ ސުވާލުތަކަށް ވަރަށް ތަފްސީލްކޮށް އެމަނިކުފާނު ޖަވާބު ދެއްވިއެވެ.