ބޮލީވުޑް

"ސަތްޔަޕްރޭމް ކީ ކަތާ" ޝޫޓްކުރަން ކަރްތިކް ގުޖުރާތަށް

Aug 15, 2022

ބޮލީވުޑްގައި އަރަމުން އަންނަ ތަރި ކަރްތިކް އާރްޔަންގެ "ސަތްޔަޕްރޭމް ކަތާ" ޝޫޓްކުރުމަށް އަންނަ މަހު ގުޖުރާތްގެ އަހްމަދްއާބާދާއި ކައިރި ހިސާބުތަކަށް ދިއުމަށް ހަމަޖެހިއްޖެ އެވެ.

މި ފިލްމްގައި ކަރްތިކް އަދާކުރާނީ "ސްތްޔާޕްރޭމް" ކިޔާ ކެރެކްޓައެއްގެ ރޯލް އެވެ.

ފިލްމުގެ އަންހެން ލީޑް "ކަތާ"ގެ ރޯލް އަދާކުރާނީ "ކަބީރް ސިންގް" އިން މަޝްހޫރުވި ކިއާރާ އަދްވާނީ އެވެ.

މި ދެ ތަރިން މީގެ ކުރިން "ބޫލް ބުލައްޔާ 2" ގައި ވަނީ އެއްކޮށް މަސައްކަތްކޮށްފަ އެވެ.

"ބޫލް ބުލައްޔާ 2" އަކީ ވަރަށް ކާމިޔާބު ފިލްމެކެވެ. ކަރްތިކް ދެން އެންމެ އަވަހަށް ފެނިގެންދާނީ ކްރީތީ ސަނޮންއާ އެއްކޮށް "ޝެހްޒާދާ" އިންނެވެ.