ބޮލީވުޑް

ނާގަ ޗޭތަންޔާ ބޭނުންވަނީ "ތަދާކާ"ގެ ރީމޭކްގައި އޭނާގެ ރޯލް ވަރުން ކުޅެން

Aug 15, 2022

މަޝްހޫރު ޓޮލީވުޑް އެކްޓަރު އަކިނެނީ ނާގަ ޗޭތަންޔާ ބެނުންވަނީ "ތަދާކާ"ގެ ހިންދީ ރީމޭކްގައި އޭނާގެ ރޯލް ވަރުން ދަވަން ކުޅޭށެވެ.

"ތަދާކާ އަކީ ބޮޑު ކޮމަރޝަލް އެންޓަޓޭނައެއް. ވަރުން ދަވަން އަކީ ވަރަށް ހުނަރުވެރި އެކްޓަރެއް؛ މޮޅަށް އެކްޝަން ސީންތައް ކުޅޭ، ނެށުމަށާއި އެކްޓްކުރުމަށްވެސް އެހާމެ މޮޅު. އެހެންވެ ވަރުން އެ ރޯލަށް ކަމުދަނީ،" ނާގަ ޗެތަންޔާ ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ނާގަ ޗޭތަންޔާ، ބޮލީވުޑަށް އާމިރު ހާންގެ "ލާލް ސިންގް ޗައްޑާ" އިން ސަޕޯޓިން ރޯލެއްގައި ވަނީ ތައާރަފްވެފަ އެވެ.

ނާގަ ޗޭތަންޔާ އަކީ ތެލުގޫ ފިލްމުތަކުގައި އެންމެ ނުފޫޒުގަދަ އަދި އެންމެ ކާމިޔާބު އެއް އެކްޓަރެވެ.