އެމްޓީސީސީ

ކަށަވަރު ޕްރޮމޯޝަންގެ 50،000 ރުފިޔާ ލިބޭ ފަރާތް ހޮވައިފި

އެމްޓީސީސީ އިން ކުރިއަށް ގެންދިޔަ "ކަށަވަރު ޕްރޮމޯޝަން"ގެ 50،000 ރުފިޔާގެ ގިފްޓް ވޯޗަރު ލިބޭ ނަސީބުވެރި ފަރާތް ހޮވައިފި އެވެ.

އެމްޓީސީސީގެ ކަށަވަރު ޝޯރޫމްގައި ވިއްކާ ތަކެތިން ހާއްސަ ޑިސްކައުންޓުތަކެއް ލިބޭ ގޮތަށް މިދިޔަ ޑިސެމްބަރު މަހު ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގައި ވިޔަފާރި ކުރި ފަރާތްތަކަށް ސިގްމާ މެރިން ޕެއިންޓާއި ސްކޮޓް ބެޑާ ފައިބަގްލާސް ރެސިން އާއި އިންޑަސްޓްރިއަލް ގޭސް ސުޒުކީ އިންޖީން އަދި ޔަންމާ އާއި ސުޒުކީ ސްޕެއާތަކަށް ހާއްސަ ޑިސްކައުންޓުތަކެއް ދިނެވެ. އަދި ނަސީބުވެރި އެއް ފަރާތަކަށް 50،000ރ. ލިބެ އެވެ.

މިއަދު ހެނދުނު ޝޯ ރޫމްގައި ބޭއްވި ގުރުއަތުން ހޮވިފައި ވަނީ އައިޑީ ކާޑް ނަމްބަރު، އޭ- 013885 ރާފިއު އެވެ.

މީގެ އިތުރުން އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ ޕްރޮމޯޝަންގައި ކޮންމެ ހަފްތާއެއްގައި ވެސް ނަސީބު ވެރި ފަރާތަކަށް ސުޒުކީ 2.5 ހޯސްޕަވަރުގެ ގެ އިންޖީނެއް ލިބެއެވެ. އެގޮތުން މިދިޔަ މަސް ތެރޭ ހަތަރު ފަރާތަކަށް މި އިންޖީނު ވަނީ ލިބިފަ އެވެ.