އައްޑޫ ސިޓީގައި ލޯކަލް ޓޫރިޒަމް ތަަރައްގީކުރުމަށް ކުއްޔަށް ދޫކުރަން ނިންމި ބިންތަކަށް ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބީލަން ކާމިޔާބު ކުރި ފަރާތްތަކާ ބިން ހަވާލުކޮށްފި އެވެ.
އައްޑޫ ސިޓީގައި ގެސްޓްހައުސްއާއި ޓޫރިސްޓް ހޮޓާ އަޅައިގެން ފަތުރުވެރ
އައްޑޫގެ ޓޫރިޒަމް ޒޯނުތަކުގައި ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓާ ތަރައްގީކުރުމަށް ހުޅުވާލި ބިންތަކުގެ ތެރެއިން 23 ބިމުގެ ބީލަން ކާމިޔާބު ކުރި ފަރާތްތަކާ އެކު އައްޑޫ ސިޓީ ކައުންސިލުން މިއަދު ވަނީ އެއްބަސްވުންތައް ހަދާފަ އެވެ. ސިޓީ ކައުންސިލްގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއި ކުރީ މޭޔަރު އަލީ ނިޒާރު އެވެ.
މިއަދު ސޮއި ކުރީ ހިތަދޫ ޒޯނުގެ ހަ ބިމާއި، ފޭދޫ ޒޯނުގެ ދެ ބިމާއ،ި ހުޅުދޫ ޒޯނުން އަށް ބިމާއި، އަދި މީދޫ ޒޯނުން ހަތް ބިން ކާމިޔާބު ކުރި ފަރާތްތަކާ އެކު އެވެ.
![](https://images-01.avas.mv/post/big_pZApyKjEK4uxnKmRHK5TDchvO.jpg)
އައްޑޫގައި ލޯކަލް ޓޫރިޒަމް ތަަރައްގީކުރުމަށް ޖުމްލަ 27 ބިމެއް ކުއްޔަށް ދޫކުރަން ނިންމައި ބީލަން ހުށަހެޅުމަށް ހުޅުވާލީ މިއަހަރުގެ މާޗް މަހުގެ ދެވަނަ ހަފްތާގެ ތެރޭގަ އެވެ.
އައްޑޫގައި ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓާ އަޅަން މީގެ ކުރިން ދޫކޮށްފައިވަނީ 5،000 އަކަފޫޓްގެ ބިންތަކާއި 2400 އަކަފޫޓްގެ ބިންތަކެވެ.
އައްޑޫ ސިޓީގައި 8000 އެނދު ތަރައްގީ ކުުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ރާއްޖޭގެ އިގްތިސޯދީ ހާލަތު ހުރި ގޮތުންނާއި ވަސީލަތްތައް ހުރި ގޮތުން ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެއީ ކައިރި މުސްތަގުބަލެއްގައި ހާސިލްކުރެވޭނެ އަމާޒެއް ނޫނެވެ.